ދުނިޔެ

ޗައިނާގެ ސަފީރަށް ތާލިބާނުންގެ ޚާއްސަ މަރުހަބާއެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނަށް ޗައިނާއިން ކަނޑައެޅުއްވި އާ ސަފީރަށް ތާލިބާނުން މަރުހަބާ ކިޔާފައިވާއިރު، ޚާރިޖީ ވަޒީރު އާމިރު ޚާން މުއްތަކީ ވިދާޅުވީ ޒާއޯ ޝެންގްގެ ނަން ހުށަހެޅުމަކީ މުހިންމު މެސެޖަކާއެކު އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

Ads by WAMCO

މިއީ 2021 ވަނަ އަހަރު ތާލިބާނުން ވެރިކަމާ ހަވާލުވި ފަހުން ކާބުލްގައި ހުންނަވާ ސަފީރަކަށް މިފަދަ ބޮޑު ޕްރޮޓޮކޯލެއް ދިން ފުރަތަމަ ފަހަރު ކަމަށާއި އަފްޣާނިސްތާނުގެ އޮފިޝަލުން ބުނަނީ އާ މަންދޫބު އައުމަކީ އެހެން ގައުމުތަކުން އިސްނަގައިގެން ތާލިބާނުންގެ ސަރުކާރާ ގުޅުން ގާއިމުކުރަން ޖެހޭ ނިޝާނެއް ކަމަށެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ޗައިނާއިން އަފްޣާނިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އާދަޔާ ޚިލާފު ރޮޓޭޝަނެއް ކަމަށާއި، މިއީ ޗައިނާއާއި އަފްޣާނިސްތާނާ ދެމެދު މަޝްވަރާއާއި އެއްބާރުލުން ކުރިއަށް ގެންދިއުމުގެ މަގުސަދުގައި ކުރިއަށް ގެންދިއުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ކަމެއް ކަމަށެވެ. އަދި އަފްޣާނިސްތާނާ މެދު ޗައިނާއިން ގެންގުޅޭ ސިޔާސަތަކީ ވަރަށް ސާފު އަދި އެއްގޮތް ސިޔާސަތެއް ކަމަށެވެ.

ތާލިބާނުންނަކީ ބޭރުގެ އެއްވެސް ސަރުކާރަކުން ރަސްމީކޮށް ބަލައިގަނެފައިވާ ޖަމާއަތެއް ނޫން ކަމަށާއި، ބުދަ ދުވަހު އެ މަގާމަށް އައްޔަން ކުރުމުން ތާލިބާނުން ރަސްމީކޮށް ބަލައިގަތުމަށް ފުޅާ ފިޔަވަޅެއް އެޅުމުގެ އިޝާރާތެއް ބެއިޖިންއިން ދީފައެއް ނުވެއެވެ.

ތާލިބާނުންގެ ބައެއް ލީޑަރުން އަދިވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު، އދ.ގެ އެ ގައުމުގެ ގޮނޑި އަދިވެސް އޮތީ ކުރީގެ ރައީސް އަޝްރަފް ޣަނީ އިސްކޮށް ހުންނެވި ހުޅަނގުގެ ތާއީދު އޮންނަ ކުރީގެ ސަރުކާރުގެ އަތުގަ އެވެ.

ހުޅަނގުން އަފްޣާނިސްތާނުގެ އެތައް ބިލިއަން ޑޮލަރެއްގެ މުދާ ފްރީޒްކޮށް، މާލީ އެކަހެރިކަން ނިމުމަކަށް ގެނައުމަށް ދެކޮޅު ހެދުމުން، އިގްތިސާދު އަލުން ކޮޅަށް ޖެހުމާއި އިންސާނީ ކާރިސާއަކަށް ހައްލެއް ހޯދުމަށް ތާލިބާނުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!