ދުނިޔެ

އިމްރާން ޚާން އަދި ވެސް ޖަލުގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުލަތުގެ ސިއްރުތައް ލީކުކޮށްލި ކަމުގެ ތުހުމަތުގައި އޭނާގެ ބަންދުގެ މުއްދަތު ދެ ހަފުތާއަށް އިތުރުކޮށްފައިވާ ކަމަށް އޭނާގެ ވަކީލް ވިދާޅުވެއްޖެ އެވެ.

Ads by WAMCO

އިމްރާން ޚާންގެ ބަންދުގެ މުއްދަތު ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް އިދިކޮޅު ލީޑަރުގެ ގާނޫނީ ވަކީލް ނައީމް ހައިދަރު ޕަންޖޫތާ ބުދަ ދުވަހު އެޓޮކް ޖަލުގައި ބޭއްވި ހާއްސަ އަޑުއެހުމަށް ފަހު ވިދާޅުވި އެވެ.

ކުރީގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރައިޝީއާ އެކު އިމްރާންގެ މައްޗަށް އުފުލާފައިވަނީ ޕާކިސްތާނުން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފޮނުއްވި ސިއްރު ކޭބަލެއްގެ ކޮންޓެންޓް އާންމުކޮށް، ސިޔާސީ މަންފާއެއް ހޯދުމަށް ބޭނުންކުރުމުގެ ކުށުގެ ދައުވާ ކަމަށް ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފްއައިއޭ) ގެ ލިޔުމެއްގައި ވެ އެވެ.

އިމްރާން ތުހުމަތު ކުރައްވާ ގޮތުގައި 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޕާކިސްތާނުގެ ވެރިކަން ވެއްޓުމަށް އެމެރިކާއިން ޕާކިސްތާނުގެ އަސްކަރިއްޔާއަށް ބާރު އެޅީ އެ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރެއިންއަށް އަރައިގަތުމުގެ ކުޑަ އިރުކޮޅެއް ކުރިން ރަޝިއާއަށް ވަޑައިގަތުމުންނެވެ.

ވޮޝިންޓަނާއި ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ އިމްރާންގެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

އިމްރާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީން ވަނީ އެ މީހުންގެ ޝަރީއަތްތަކަށް ގޮންޖަހާފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!