ދުނިޔެ

ޗައިނާގެ ޑިފެންސް މިނިސްޓަރު ނުފެންނަތާ އެތައް ހަފްތާއެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ދިފާއީ ވަޒީރު ލީ ޝަންގްފޫ މިދިޔަ ހަފުތާގައި ވިއެޓްނާމްގެ ދިފާއީ ލީޑަރުންނާ އެކު ބޭއްވި ބައްދަލުވުމުން ކުއްލި ގޮތަކަށް ވަކިވެވަޑައިގެންނެވި ކަމަށް އެ ކަމާ ބެހޭ ސީދާ މައުލޫމާތު ހުރި ތިން އޮފިޝަލަކު ވިދާޅުވި އެވެ.

Ads by Sosun Fihaara

ވިއެޓްނާމްގެ ދެ އޮފިޝަލަކު ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 7-8 އަށް ވިއެޓްނާމުން ޗައިނާގެ ބޯޑަރު ސަރަހައްދުގައި ބާއްވާ ދިފާއީ އެއްބާރުލުމާ ބެހޭ އަހަރީ އެއްވުމެއްގައި ލީ، 65، ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައި ވީ ނަމަވެސް އެ ބައްދަލުވުން ފަސްކުރީ މިނިސްޓަރުގެ ސިއްހީ ހާލުކޮޅު ހުރި ކަމަށް އިވެންޓްގެ ދުވަސްކޮޅެއް ކުރިން ބެއިޖިން އިން ހަނޯއީއަށް އެންގުމުން ކަމަށެވެ.

ކުއްލިއަކަށް ބައްދަލުވުން ފަސްކުރުމާއި ޗައިނާއިން ފާހަގަކުރި ސަބަބުތައް ރޮއިޓާސްއިން ފުރަތަމަ ފަހަރަށް ދަނީ ރިޕޯޓް ކުރަމުންނެވެ.

ވިއެޓްނާމްގެ ހަރަކާތާ ގުޅޭ ގޮތުން ޗައިނާގެ ސްޓޭޓް ކައުންސިލް އިންފޮމޭޝަން އޮފީހުގެ އިތުރުން އެގައުމުގެ ދިފާއީ އަދި ހާރިޖީ ވުޒާރާތަކުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. މިކަމާ ގުޅޭ ގޮތުން ބުރާސްފަތި ދުވަހުގެ ރޭ ބެއިޖިންގައި ހުންނަ ވިއެޓްނާމް އެމްބަސީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ލީގެ ދަތުރުފުޅު ކުއްލިގޮތަކަށް ކެންސަލްކޮށްފައި މިވަނީ، އާންމުންގެ ނަޒަރުން ގިނަ ދުވަސްތަކެއް ވަންދެން ވަޑައިނުގަތުމަށްފަހު، ޗައިނާގެ ޚާރިޖީ ވަޒީރު ކިން ގޭންގް މިދިޔަ ޖުލައި މަހު ބަދަލުކުރެއްވުމާއި، ޕީޕަލްސް ލިބަރޭޝަން އާމީގެ އެލީޓް ރޮކެޓް ފޯސްގެ ލީޑަރޝިޕް ހަލަބޮލިވެ، ޗައިނާގެ ލީޑަރޝިޕްގެ ނިންމުންތަކާމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!