ދުނިޔެ

ޗައިނާގެ ރިޒާވް ބޭންކްގެ އަގުތައް ދަށްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ މަރުކަޒީ ބޭންކުން ބުރާސްފަތި ދުވަހު ބުނީ ލިކުއިޑިޓީ އިތުރުކޮށް، އެ ގައުމުގެ އިގްތިސާދީ ރިކަވަރީއަށް އެހީތެރިވުމުގެ ގޮތުން ބޭންކުތަކުން ރިޒާވްގެ ގޮތުގައި ބަހައްޓަން ޖެހޭ ނަގުދު ފައިސާގެ އަދަދު މި އަހަރު ދެވަނަ ފަހަރަށް ކަނޑާލާނެ ކަމަށެވެ.

Ads by WAMCO

ޕީޕަލްސް ބޭންކް އޮފް ޗައިނާ (ޕީބީއޯސީ) އިން ބުނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފަސް ޕަސެންޓް ރިޒާވް ރޭޝިއޯ ތަންފީޒުކޮށްފައިވާ ބޭންކުތައް ފިޔަވައި އެހެން ހުރިހާ ބޭންކެއްގެ ރިޒާވް ރިކުއަމަންޓް ރޭޝިއޯ (އާރްއާރްއާރް) 25 ބޭސިސް ޕޮއިންޓަށް ކަނޑާލާނެ ކަމަށެވެ.

މާޗް މަހު ހުރިހާ ބޭންކަކުން 25 ބީޕީއެސް ކަނޑާލުމާ އެކު މި އަދަދު ދަށްކޮށްފައި މިވަނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު ޕެންޑެމިކްއަށް ފަހު ރިކަވަރީ ދެމެހެއްޓުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ޗައިނާގެ އިގްތިސާދަށް ޑިމާންޑް މަޑުޖެހިފައިވާ އިރު، "އާރްއާރްއާރް ކަނޑާލުމުން މާލީ އިދާރާތަކަށް ހަގީގީ އިގްތިސާދަށް އޮތް ތާއީދު އިތުރުކޮށް، މާކެޓް ކުޅުންތެރިންގެ އިތުބާރު އިތުރުކުރުމަށް މަގު ފަހިވެގެންދާނެ،" މިންޝެންގް ބޭންކުގެ ޗީފް އިކޮނޮމިސްޓް ވެން ބިން ވިދާޅުވި އެވެ.

މަރުކަޒީ ބޭންކުގެ އޮފިޝަލަކާ ހަވާލާދީ ދައުލަތުގެ މީޑިއާ ޒިންހުއާ އިން ބުނީ މިފިޔަވަޅުގެ ސަބަބުން މެދުރާސްތާއާއި ދިގު މުއްދަތުގެ ލިކުއިޑިޓީއަށް 500 ބިލިއަން ޔުއާން (68.71 ބިލިއަން ޑޮލަރު) އަށް ވުރެ ގިނަ ޔުއާން ހުސްވާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!