Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ނޫސްވެރިންގެ އިހްތިޖާޖްއަކީ ސިޔާސީ މަންފާއެއް ހޯދުމަށް ހިންގި ހަޑި އަމަލެއް: މަހްލޫފް

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އާއި ގުޅޭގޮތުން ސަރުކާރުން މިއަދު މެންދުރުފަހު ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައެއް ނޫސްވެރިން މިނިވަން ނޫސްވެރިކަމަށް ޖާގަ ދެއްވުމަށް އެދި ބޯޑުތައް ހިފައިގެން ކުރި އިހްތިޖާޖް އަކީ ސިޔާސީ މަންފާއެއް ހޯދުމަށް ހިންގި ފިނޑި އަމަލެއް ކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އަހުމަދު މަހްލޫފް ވިދާޅުވީ، އެތައް ރައްޔިތުންނެއް ގުރުބާން ވެގެން ޖަަލަށް ލާ އެތައް އަނިޔާއެއް ލިބިގެން ނޫސްވެރިކަމަށް ދުވަހަކު ނުލިބޭހާ ފުޅާކޮށް މިހާރު ވަނީ މިނިވަން ކަން ހޯދަދީފައި ކަމަށެވެ.

ސަރުކާރުގެ ފަރާތުން ބޭއްވި ޕްރެސް ކޮންފެރެންސްގައި މިފަދައިން އިހުތިޖާޖު ކޮށްފައިވަނީ ޗެނަލް 13 އަށް ނިސްބަތްވާ ތިން ނޫސްވެރިއެކެވެ.

Advertisement
Allied Insurance — Square (box)

މިއަދު މިއިހުތިޖާޖު ކޮށްފައިވާއިރު، ސަރުކާރުގެ ފަރާތުން އެފަދައިން ބާއްވާ ޕްރެސް ކޮންފަރެންސް ތަކުގައި، ގިނަ ސުވާލުތައް ކުރުމަށް ނޫސްވެރިންނަށް ބައެއް ފަހަރު ފުރުސަތު ނުދޭކަން މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މީޑިއާތަކަށް ހަދާފައިވާ ވައިބާ ގްރޫޕުގައިވެސް ބައެއް މީޑިއާތަކުން ވަނީ ފާހަގަކޮށް އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް