ޖޭޕީގެ ކޮންމެ މެންބަރަކަށްވެސް ބޭނުންވާ ކެންޑިޑޭޓަކަށް ތާއީދުކޮށް ވޯޓު ދެވޭނެ: ޤާސިމް
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނާރަން ޖުމްހޫރީ ޕާޓީން ނިންމާފައިވީ ނަމަވެސް އެ ޕާޓީގެ މެމްބަރަކު ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކޮށް ވޯޓު ދެވޭނެ ކަމަށް އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކޮށް ޖޭޕީގެ ލީޑަރު ޤާސިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖޭޕީގެ ކައުންސިލުން އިއްޔެ ނިންމާފައިވާ ނިންމުމުގެ ސަބަބުން މެމްބަރުންގެ ހައްޤަށް އުނިކަމެއް އަތުވެދާނެ ކަމަށް އޭނާ އަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
އެހެން ކަމުން މިކަމަށް އިޝާރަތްކުރައްވާ ޤާސިމް ވިދާޅުވީ، ޖޭޕީގެ ނަން ބޭނުން ނުކޮށް، އެ މެމްބަރަކަށް ފެންނަ ކެންޑިޑޭޓަކަށް ތާއީދު ކުރުމާއި ވޯޓު ދިނުމަކީ އެ ޕާޓީގެ ކޮންމެ މެމްބަރެއްގެ ވެސް ޤާނޫނީ ހައްޤެއް ކަމަށް އޭނާ އަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން ޤާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖޭޕީން ތާއީދު ކުރާނީ ކޮން ކެންޑިޑޭޓަކަށްކަމާއި ނުވަތަ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކޮށް ނިއުޓްރަލްކޮށް ތިބުމުގެ އިހްތިޔާރު ޤާސިމްއާއި ޖޭޕީގެ ކައުންސިލުން މަތިކުރުމުން ވެއަތުވެދިޔަ ތަނުގައި ކޯލިޝަން ހަދައިގެން ތިން ފަހަރުވެސް ލިބުނު ހިތި ނަތީޖާއަށްފަހު މި އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ވޯޓްލުމުގެޙައްޤު އޭގެއަސްލަށް ރުޖޫޢަ ވާމަންޒަރު މިފެނިގެންދަނީ..ސިޔާސީޕާޓީއަކީ އެއަށް،ގަދަކަމުން ވަދެއުޅޭ އެއްޗެއްކަން ޕާޓީގެމެމްބަރުންތިބޭ ޢަދަދައްބަލާއިރު،ލިބޭވޯޓުން ހާމަވޭ!ޤާސިމް އެދިންހުއްދަ މިބުނިބަހަށް ހެކިދޭ..އަންނީގެ އުނދަގޫ މިޤަވްމަށް ވަކިކުޑައެއްނުވޭ.މިއީ އެންމެބޮޑު މައްސަލަ.ސަލާމަތްވާނީ ކޮންދުވަހަކުންބާ؟…
ކޮން ކައްޕަޅި އެކްސެސް އެއްގެ ވާހަކަ ދައްކަންތޭ އީސީ ހަބިއްޓޭ ޝާއިއު ކުރޭ އެންމެ ދެދުވަސް ތެރޭ އެމްޑީޕީން ރިރަޖިސްްޓްރީ ކުރަން ހުށައެޅި 80 ހާސް ފޯރމް ޝާއިއު ކުރޭ ނުކުރާހާ ހިނދަކު ޕީޕީއެމް އަދި ދަ ޑިމޮކްރެޓްސް އިން ގަބޫލުކުރާނެ އެއްވެސް ގޮތެއް ނޯންނާނެއޭ މިދެޕާރޓީ އެއްކޮށްލުމުން %50 އަށް ވުރެން މަތިވާނެއޭ ހަމަ ޝާއިއު ކުރަން ޖެހޭނީ ކުރަން ވެސް ކުރާނެ ހުރިހާ ފޯމްތައް އެނޫން އެއްވެސް ގޮތެއް ނޯންނާނެ މިނޫން ގޮތެއް ގަބޫލުކުރަން އީސީން ބޭނުންނަމަ 30 ވަނަ ދުވަހު ރިޔާސީ އިންތޚާބު ބޭއްވުމާއި މެދު މަމެންނަށް ޝައްކޭ ރައްޔިތުންގެ ބޮޑު ބައި އީސީ އަށް ވޯޓް އޮޅުވާލަން އުޅޭ ކަމުގެ ޝައްކު ކުރާނަމަ ރައްޔިތުން އެދޭ ގޮތަށް އެކަން ކޮށްދޭން ޖެހޭނެއޭ މިނޫން ގޮތަކަށް އީސީން މިފަހަރު އަމަލު ކުރަން ނަހަދާތި ހަނދާން ކުރާތި ނަހަދާތި ނަހަދާތި ރައްޔިތުންގެ ބަސް އަހާނީ ސަރުކާރުގެ ބަހެއް ނޫން އަހާނީ މިހާރު މިހިނގަނީ އެއީ ރައްޔިތުން ނޫނެކޭ ބުނެފަައިވާ ސަރުކާރެއް އެއީ ލެޖިޓިމެސީ ސަރުކާރެއް ނޫނޭ…