ޚަބަރު

ޑިމޮކްރެޓްސްގެ ހުށަހެޅުން: މި މަހުގެ 28ގެ ކުރިން ނިޒާމީ ވޯޓު ނެގުން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ހިޔާލު ހޯދުމަށް މި މަހުގެ 28ގެ ކުރިން ވޯޓެއް ނެގުމަށް ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި، "ދަ ޑިމޮކްރެޓްސް"ގެ ކައުންސިލަށް ޤަރާރެއް ހުށަހަޅާ ބަހުސް ކުރަން ފަށައިފިއެވެ.

Ads by STELCO

މި ޤަރާރު އެ ޕާޓީގެ ކައުންސިލަށް ހުށަހެޅުއްވީ މުހައްމަދު ޝިފާޒު (ޝިއްޕެ)އެވެ.

އެ ގަރާރުގައި، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އަށް ހުށަހެޅީ މިމަހުގެ 28ވަނަ ދުވަހު ވެރިކަމުގެ ނިޒާމާ ގުޅޭ ވޯޓު ނެގުމަށް އެއްބަސްވުމަށެވެ. އަދި މިމަހުގެ 20ވަނަ ދުވަހު އެމްޑީޕީއާ ޑިމޮކްރެޓްސްއާއެކު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ވެސް ޝިފާޒުގެ ޤަރާރުގައި ވަނީ ހުށަހަޅާފައެވެ.

ޕީޕީއެމް އަށް ހުށަހަޅާ ކަންކަމުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ނަގަން ޖެހޭ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އެއްބަސްވުމުގެ އިތުރަށް ސަރުކާރުގެ ހިއްސާ ޑިމޮކްރެޓްސްއަށް ދިނުން ހިމެނެއެވެ.

ޑިމޮކްރެޓްސްގެ ކައުންސިލަށް މި ހުށަހެޅުން ހުށަހެޅިއިރު، އެމްޑީޕީން ބުނީ ނިޒާމީ ވޯޓު ނަގަން އެއްބަސްވި ނަމަވެސް، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ވޯޓު ނެގުމަކީ އެހައި "ޕްރެކްޓިކަލް" ކަމެއް ނޫން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!