ޚަބަރު

ޑިމޮކްރެޓްސްއިން ހުށަހެޅި ގޮތަށް ކުރިއަށް ދެވިދާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓު ނެގުމަށް ދަ ޑިމޮކްރެޓްސް އިން މަޖިލީހަށް މިއަދު ހުށަހެޅި ގަރާރުގައިވާ ގޮތަށް ކުރިއަށް ދެވިދާނެ ކަމަށް އެމްޑީޕީގެ އިސް ލީޑަރު، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ހެންވޭރުގައި މިއަދު "ދޮރުން ދޮރަށް" ހިންގެވުމަށް ފަހު، ރައީސް ވިދާޅުވީ ޑިމޮކްރެޓުން އެދުނު ގޮތަށް، މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނުނެގޭނެ ކަމަށެވެ.

އިންތިޚާބުގެ ފަހުން މަޖިލީހުން ވަކި މުއްދަތެއްގައި ނިޒާމީ ވޯޓު ނަގަން ކަނޑަައަޅައިފިނަމަ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން އީސީއަށް އެކަން ކުރުމަށް ރިކުއެސްޓް ކުރެވޭނެ ކަމަށާއި، މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައިން ފާސްކޮށްފައި ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގު ކުރަން ފޮނުވަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ފޮނުވީމާ އަޅުގަނޑު އޭތި ތަސްދީގު ކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މީގެކުރިން ވެސް ރިޔާސީ އިންތިޚާބުގެ ފަހުން ނިޒާމީ ވޯޓަކަށް ދިއުމަކީ ކުރެވިދާނެ ކަމެއް ކަމަށް ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގައި ހުންނެވިއިރު ދެންނެވިން ކަމަށެވެ.

ރައީީސް ވަނީ ޑިމޮކްރެޓްސްއިން މިހާރު ހުށަހަޅައިފައި ވަނީ، އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގައި އެ ވޯޓު ނަގަން ކަމަށާއި، އެކަން ކުރިއަށް ގެންދެވިދާނެ ކަމަށެވެ.

Ads by Ooredoo
  1. ނިޒާމީ

    ތީހަމަަ އަމިއްލަަ އެދުމައިގެންް އަބިދަރީންވެސްް ފަހައްޖުހޭވަރުގެެ ވިޔާނުދާާ މޮޔަަ ބަޔެއްް މިގައުމުގެެ ވެރިކަންް ހަފުތާއަކުންް ހަފުތާއަކުންް ވައްޓާލަންް ބޭނުމެއްނުވޭޭ ކަލޭމެންގެެ ފަޓުލޫނުގަޑުު ވައްޓަވައްޓާފަަ ނަގާބަލް