ދުނިޔެ

ޗައިނާއާ ގުޅުން ހުރި ބެޓެރީ ކުންފުނީގެ ސެކިއުރިޓީ ރިވިއު ކުރުމަށް އެމެރިކާގެ ރިޕަބްލިކަން ޕާޓީން ބާރު އަޅަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިޝިގަން އާއި އިލިނޮއިސްގައި އިލެކްޓްރިކް ވެހިކަލް ބެޓެރީ ޕްލާންޓް ތައް އެޅުމަށް ނިންމާފައިވާ ގޮޓިއޯން އިންކްގެ ހިންގުން އޮތީ ބެއިޖިންގެ ބާރުގެ ދަށުގައި ކަމަށް ބުނެ، އެ ކުންފުނީގެ ޗައިނާއާ ގުޅުން ހުރި މިލްކުވެރިކަމާ މެދު ސެކިއުރިޓީ ރިވިއުއެއް ހެދުމަށް ރިޕަބްލިކަން ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓަށް ގޮވާލައިފި އެވެ.

Ads by WAMCO

މިއީ އެމެރިކާގައި ފިހާރައެއް ގާއިމުކުރަން އުޅޭ ޗައިނާއާ ގުޅުން ހުރި އީވީ ބެޓެރީ އުފައްދާ ފަރާތްތަކާ ސުވާލު ކުރުމަށް ރިޕަބްލިކަން ޕާޓީން އެޅި އެންމެ ފަހުގެ ފިޔަވަޅެވެ.

މިޝިގަން އާއި އިލިނޮއިސްގެ ގަވަރުނަރުން ވަނީ ގޯޓިއޯންގެ ސްޓޭޓްތަކުގައި އީވީ ޕްލާންޓްތައް ހުޅުވަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ.

ރިޕަބްލިކަން ޕާޓީގެ ސެނެޓަރު މާކޯ ރޫބިއޯ އާއި ސްޓޭޓްތަކުގެ ރިޕަބްލިކަން މަންދޫބުން ޓްރެޝަރީ ސެކްރެޓަރީ ޖެނެޓް ޔެލެން އަށް ސިޓީއެއް ފޮނުއްވައި، ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާ ގޯޓިއަންގެ ގުޅުން މުރާޖައާ ކުރުމަށް އެމެރިކާގެ ފޮރިން އިންވެސްޓްމަންޓް ކޮމިޓީ (ސީއެފްއައިޔޫއެސް) އަށް އެދިފައިވެ އެވެ.

ޖަރުމަނުގެ ވޮކްސްވެގަން އޭޖީ (VOWG_p.ޑީއީ) އަކީ ގޮޓިއޯންގެ ބެލެނިވެރި ކުންފުނި، ގޮޓިއޯން ހައިޓެކް (002074.SZ) ގެ ގާތްގަނޑަކަށް 30 ޕަސެންޓް ހިއްސާދާރަކަށް ވީ ނަމަވެސް، ޗައިނާއިން ވަކިވަކި ހިއްސާދާރުން މެދުވެރިކޮށް "އިފެކްޓިވް ކޮންޓްރޯލް" ދަމަހައްޓަމުން އަންނަ ކަމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވިދާޅުވި އެވެ.

އޭގެ ތެރޭގައި އެ ކުންފުނީގެ ބާނީ ލީ ޒެން އާއި އޭނާގެ ދަރިފުޅު ވެސް ހިމެނޭ ކަމަށް އެ މީހުން ބުނެ އެވެ. ގޯޓިއަން ހައިޓެކްގެ އެހެން އެންމެ އިސް ހިއްސާދާރުންގެ ތެރޭގައި ގިނައީ ޗައިނާ ސަރުކާރާ ގުޅުން ހުރި ކުންފުނިތަކުގެ ހިއްސާ އޮންނަ ފަރާތްތަކެއް ކަމަށާއި އެ ޕާޓީގެ މައިގަނޑު ސްޓްރެޓެޖިކް ނިންމުންތައް ތަންފީޒު ކުރާނެ ކަމަށް އެ ކުންފުނީގެ ބައިލޯތަކުން ވައުދުވެފައިވާ ކަމަށް އެ ބޭފުޅުން ލިޔުއްވާފައިވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!