ޔޫރޯ ސްޓޯރުގެ އޮފީހުގެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި

ޔޫރޯ ސްޓޯރުގެ އޮފީހުގެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ ޗާންދަނީ މަގުން އަސްރަފީ ބުކްޝޮޕް ކުރިމަތީގައި ހުންނަ މއ. ފެވަރިޓްގޭގެ ފުރަތަމަ ބުރީގައި ހިންގާ ޔޫރޯ ސްޓޯރުގެ އޮފީހަށް ވަގުން ވަދެ ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައެއް މިއަދު ހެނދުނު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ނަމަވެސް ވަގަށް ނެގި ފައިސާގެ އަދަދާއި އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް އަދި ފުލުހުން ނުދެއެވެ.
ޔޫރޯ ސްޓޯރުގެ އޮފީހުގެ ތިޖޫރީ ފަޅާލާފައިވާއިރު، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އެޕޯލޯ ހޯލްޑިންސްގެ އޮފީސް ފަޅާލައި 1.7 މިލިއަން ރުފިޔާ ވަނީ ވަގަށް ނަގާފައެވެ. މި މައްސަލާގެ ތަހުގީގުގެ އެއްވެސް މައުލޫމާތެއް އަދިވެސް ފުލުހުން ހިއްސާއެއް ނުކުރެއެވެ.