ޚަބަރު

އެމްޑީޕީގެ އެއްވެސް ހަރަކާތެއް ނެތް، ވަޢުދު ވަނީ ޖެއްސުމަށް: ސެމްބެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިނުގަންނަވާނެކަން ޔަޤީން ކުރެވޭތީ، ސަރުކާރުން ޖެއްސުމަށް ވަޢުދުތައް ވަމުންދާ ކަމަށާއި، އެމްޑީޕީގެ އެއްވެސް ހަރަކާތެއް ވެސް ނެތް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ރަނިންމޭޓް، ޙުސައިން މުޙައްމަދު ލަތީފު(ސެމްބެ) ވިދާޅުވެއްޖެއެވެ.

Ads by STELCO

އަވަށްޓެރި ސްރީލަންކާގައި އުޅޭ ދިވެހި ރައްްޔިތުންނާއި ބައްދަލުކުރައްވައި ސެމްބެ ވިދާޅުވީ ރައްޔިތުން ވަނީ ނުވައެއް ސެޕްޓެމްބަރުގައި ނެގި ވޯޓުގައި ސަރުކާރުން ބޮޑެތި ގޯސްތައް ހަދައި ވެރިން ރައްޔިތުންނަށް ހިޔާނާތް ވެފައިވާކަން ހާމަކޮށްދީފައި ކަމަށާއި، އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުގެ ކުރިން ފެނިގެންދަނީ އެމްޑީޕީއަށް ރައްޔިތުންގެ "ކައިރިއަށް ދާން ނުކެރި" ހުއްޓުން އަރާފައިވާތަން ކަމަށެވެ.

ނަމަވެސް މާލޭގައި ދޭތެރެއަކުން ބާއްވާލާ ކަންމަތީ ކުޑަ ބައްދަލުވުންތަކުގައި އެއްވެސް ދިރާސާއެއް ކަންކުރާނެ ގޮތެއް ބެލުމެއްނެތި ވަމުންދާ ވައުދުތަކަކީ ސީދާ ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ގޮތުން ވާ ވައުދުތަކެއް ކަމަށް ސެމްބެ ވިދާޅުވިއެވެ.

އެމްޑީޕީގެ އެއްވެސް ހަރަކާތެއް މިހާރަކު ނެތް. މިއަދު މުޅި ރާއްޖެ ގަބޫލު ކޮށްފި ވެރިން ގޯސް ހަދާފައިވާކަމަށް."ސެމްބެ ވިދާޅުވިއެވެ.

ސެމްބެ އިތުރަށް ވިދާޅުވީ ރާއްޖޭގެ ސްކޫލު ނިންމާ ދަރިވަރުންގެ ތެރެއިން މަތީ ތައުލީމް ހާސިލްކޮށްގެން ރާއްޖެއަށް އަންނަ ދަރިވަރުންނަށް އަދާކުރާނެ ވަޒީފާއެއް ނެތި މަގުމަތުކޮށްފައިވާކަމީ މިއަދު ފެންނަ އޮތް ޙަޤީޤަތް ކަމަށެވެ.

Ads by Urbanco

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!