ގައްދޫން ގެއްލުނު ޒަކަރިއްޔާ މަރުވެފައި އޮއްވާ ފެނިއްޖެ

ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު، އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދުގެ ހަށިގަނޑު މަރުވެ ލައްގާފައި އޮއްވައި ފެނިއްޖެ އެވެ.
އޭނާ ލައްގާފައި އޮއްވައި ފެނުނީ އޭނާ ލައްގާފައި އޮއްވައި ފެނުނީ ގަމު ގޮނޑުދޮށަށެވެ. ފުލުހުން މިހާރު ދަނީ އޭނާފެ ހަށިގަނޑު ސިއްހީ މަރުކަޒަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންނެވެ.
ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި ގދ ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން އޭނާގެ ދަތުރުކުރި ޑިންގީ ފުލުހުން ވަނީ ހޯދާފަ އެވެ.

Ads by HDC