ދުނިޔެ

ޗައިނާއެކު ނޭޕާލްގެ އެނާޖީ ޑީލްއަކަށް ދެވޭނެ ކަމާމެދު ޝައްކު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޤާނޫނުއަސާސީގެ ދުވަހުގެ މުނާސަބަތުގައި ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހަލް ޗައިނާއަށް ކުރައްވާ ދަތުރުފުޅު ރަސްމީކޮށް ފޮރިން މިނިސްޓްރީން އިޢުލާނުކުރިއިރު، މިނިސްޓަރ އޮފް އެނަރޖީ، ވޯޓަރ ރިސޯސަސް އެންޑް އިރިގޭޝަން ޝަކްތީ ބަހާދުރު ބަސްނެޓް ޗައިނާއަށް ވަޑައިގެންނެވި ވަފުދުގައި ބައިވެރިވެވަޑައިނުގަންނަވާކަން ފާހަގަކޮށްލެވެއެވެ. ހަކަތައިގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ނޭޕާލް އިލެކްޓްރިސިޓީ އޮތޯރިޓީގެ އެގްޒެކެޓިވް ޑިރެކްޓަރު ކުލްމަން ގިސިންގް ވެސް ވަފުދުގައި ހިމެނިވަޑައެއް ނުގަންނަވަ އެވެ.

Ads by WAMCO

ޗައިނާގެ ބޮޑުވަޒީރު ދަހާލް ޗައިނާއަށް ކުރައްވާ ހަފުތާއެއްގެ ދަތުރުފުޅު އަންނަ ހުކުރު ދުވަހު (މިއަދު) ފަށަން ތައްޔާރުވެއްޖެ އެވެ.

އެނާޖީ މިނިސްޓަރު ބާކީކުރީ ބޮޑުވަޒީރު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި ކަރަންޓުގެ ވިޔަފާރިއާ ގުޅޭ މާ ބޮޑު އެއްބަސްވުމެއް ނޯންނާނެތީ ކަމަށް އެނާޖީ މިނިސްޓްރީގެ އޮފިޝަލުން ވަނީ ސާފުކޮށްދެއްވާފަ އެވެ.

ނޭޕާލާއެކު ކަރަންޓުވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ޗައިނާއިން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ނޭޕާލުން އެފަދަ އެއްބަސްވުމަކަށް އަވަސް ނުވުމަށް އިޚްތިޔާރުކޮށްފައިވާ ކަމަށް ބެލެވެއެވެ. މި ނިންމުމުގެ ސަބަބުން މީގެ ފަސް އަހަރު ކުރިން އޭރުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީގެ ވެރިކަމުގައި ހެދި އެއްބަސްވުމަކަށް އިސްކަން ދިނުމާ މެދު ވަނީ ޝައްކު އުފެދިފަ އެވެ.

ޗައިނާގެ ސްޓޭޓް ގްރިޑް ކޯޕަރޭޝަނާއި ނޭޕާލް އިލެކްޓްރިސިޓީ އޮތޯރިޓީއާ ދެމެދު ސޮއިކުރި މި އެއްބަސްވުމުގެ މަގްސަދަކީ އެމެރިކާގެ އެހީގެ މިލޭނިއަމް ޗެލެންޖް ކޯޕަރޭޝަން (އެމްސީސީ) އާ އެއް ހިސާބަކުން ފެށުނު ނޫވާކޮޓްގެ ރަތަމަޓޭ އިން ފެށިގެން ކެރޫންގް އާ ހަމައަށް 400 ކިލޯވޮޓްގެ ޓްރާންސްމިޝަން ލައިނެއް އެޅުމެވެ.

ޓްރާންސްމިޝަން ލައިންތައް މެދުވެރިކޮށް ގުޅާލުމަށް ޗައިނާއިން ދިގު މުއްދަތަކަށް ރާވާފައިވީ ނަމަވެސް، ބޮޑުވަޒީރުގެ ދަތުރުފުޅުގައި މިމައްސަލައަށް މިވަގުތު އެންމެ ބޮޑު އިސްކަމެއް ދީފައެއް ނުވެއެވެ. މި ދަތުރުފުޅުގެ މައިގަނޑު ފޯކަސް އަކީ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީގެ ވެރިކަމުގައި އެންމެ ފުރަތަމަ އެއްބަސްވި މި ޕްރޮޖެކްޓްގެ ވަށައިގެން ހިނގާ ކަމެއް ނޫނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!