ދުނިޔެ

ޗައިނާއިން އުއިގޫރު އިލްމުވެރިޔާ އުމުރަށް ޖަލަށްލާން ހުކުމްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

"ދައުލަތުގެ ސަލާމަތަށް ނުރައްކާކުރި" ކަމަށް ބުނެ ޗައިނާއިން އުއިގޫރުގެ މަޝްހޫރު އިލްމުވެރިޔަކު އުމުރަށް ޖަލަށް ލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

Ads by Sosun Fihaara

އެމެރިކާގެ ޑުއީ ހުއާ ފައުންޑޭޝަންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއިން ބުނި ގޮތުގައި ރާހިލް ދަވޫތުގެ މައްޗަށް އިއްވި ހުކުމް ކަށަވަރުވީ 2018 ވަނަ އަހަރު އިއްވި ހުކުމް އިސްތިއުނާފް ކުރުމުންނެވެ.
އުމުރުން 57 އަހަރުގެ ޕްރޮފެސަރުގެ އިސްތިއުނާފު ގެއްލުނީ މި މަހުގެ ތެރޭގަ އެވެ.

ޗައިނާއިން ވަނީ ޝިންޖިއާންގައި އުއިގޫރު އާބާދީއާއި މުސްލިމުންގެ ނަސްލުތަކުގެ މީހުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގާކަމުގެ ތުހުމަތުކޮށްފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ގަބޫލުކުރާ ގޮތުގައި ޗައިނާއިން ފާއިތުވި އަހަރުތަކުގައި އެމީހުންގެ އިޚްތިޔާރާ ޚިލާފަށް އެއް މިލިއަނަށްވުރެ ގިނަ އުއިގޫރު މީހުން ހިފަހައްޓާފައި ވަނީ ދައުލަތުން "ރީ އެޑިއުކޭޝަން ކޭމްޕް" ގެ ގޮތުގައި ސިފަކުރާ ބޮޑު ނެޓްވޯކެއްގަ އެވެ.

ޓީ ވަނީ އެތައް ހާސް ބަޔަކަށް ޖަލު ހުކުމެއް އިއްވާފަ އެވެ.

"ޕްރޮފެސަރު ރާހިލް ދާވޫތުގެ މައްޗަށް ހުކުމް އިއްވުމަކީ އަނިޔާވެރި ހިތާމައެއް، އުއިގޫރު ރައްޔިތުންނަށާއި، ޢިލްމީ މިނިވަންކަން ޚަޒާނާކުރާ އެންމެންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް،" ޑުއީ ހުއާ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު ޖޯން ކަމްމް ވިދާޅުވި އެވެ.

އަދި އޭނާ ވަގުތުން މިނިވަންކޮށް ރައްކާތެރިކަމާއެކު އާއިލާއަށް އެނބުރި އައުމަށް އޭނާ ވަނީ ގޮވާލާފައެވެ.
އޭނާގެ އަންހެން ދަރިފުޅު އަކެޑާ ޕުލާޓީ ބުނީ ކޮންމެ ދުވަހަކު ވެސް މަންމައާ މެދު ކަންބޮޑުވާ ކަމަށެވެ.
ކުށެއް ނެތް މަންމަ ޖަލުގައި އުމުރު ހޭދަކުރަން ޖެހިދާނެ ކަމުގެ ވިސްނުމުން ކެތްނުކުރެވޭ ވަރުގެ ވޭންތަކެއް ލިބެއެވެ. ޗައިނާ، ތިބާގެ އޯގާތެރިކަން ދައްކައި، ކުށެއް ނެތް މަންމަ ދޫކޮށްލާށޭ،" ދުއީ ހުއާ ނެރުއްވި ބަޔާނެއްގައި އެކަމަނާ ވިދާޅުވި އެވެ.

ޝިންޖިއާންގެ ކޯޓެއްގައި 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދާވޫތުގެ ސިއްރު ޝަރީއަތް ކުރިއަށް ގެންދިޔައީ ދައުލަތުގެ ސަލާމަތަށް ނުރައްކާކުރުމުގެ ކުށެއް ކަމަށްވާ "ސްޕްލިޓިޒަމް" ގެ ކުށުގައި މިދިޔަ އަހަރު އޭނާ ހައްޔަރުކުރުމާ ގުޅިގެންނެވެ.

ޗައިނާ ސަރުކާރުގެ މަސްދަރަކުން ވަނީ ދުއީ ހުއާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާކަން ކަށަވަރުކޮށްދީފައި ކަމަށް އެ ޖަމާއަތުން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!