ޕާކިސްތާނުގެ އިޤްތިޞާދީ ކަންކަމުގެ ތެރެއަށް ޕާކިސްތާނުގެ މިލިޓަރީން އަތްބާނާ: އައިއެމްެއެފް
ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބާ ދިމާކޮށް ވޯލްޑް ބޭންކުން ވަނީ ބައިނަލްއަޤްވާމީ ލޯނުދޭ ފަރާތްތަކާއި ތަރައްޤީގެ ބައިވެރިންނަށް ލަފާދެވޭނީ ބައިނަލްއަޤްވާމީ ކާމިޔާބީތަކާއި ބައެއް ފައިނޭންސިންގ ގެ ތަޖުރިބާތަކާއެކުކަން ހާމަކުރަމުން އަންނަ ސަރުކާރަށް ސާފު އިންޒާރެއް ދީފައެވެ. ހޮނިހިރު ދުވަހު "ޑޯން ނިއުސް" އިން ރިޕޯޓްކޮށްފައިވެ އެވެ.
ޕާކިސްތާނުގައި ހުންނަ ވޯލްޑް ބޭންކުގެ ކަންޓްރީ ޑައިރެކްޓަރު ނަޖީ ބަންހާސީން އުޖާލާ މުސްތަގުބަލަކަށް ގެންނަން ޖެހޭ އިސްލާހުތަކުގެ ތަފްސީލުގައި ވިދާޅުވީ" ސިޔާސަތުގެ ނިންމުންތަކަކީ އަސްކަރީ، ސިޔާސީ އަދި ވިޔަފާރީގެ ލީޑަރުން ހިމެނޭ ގޮތަށް ހަރުދަނާ މަސްލަހަތުތަކެއް ހިމެނޭ ގޮތަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވާ ނިންމުންތަކެއް ކަމަށެވެ.
ޕާކިސްތާނަކީ އަސްކަރީ، ސިޔާސީ އަދި ވިޔަފާރީގެ ލީޑަރުންގެ މަސްލަހަތު ފުށުއަރާ ގޮތަށް ނިންމި ނިންމުންތަކުގެ ދަށުން ފަގީރުކަމުގެ ދަރަޖައިގެ ދަށުގައި ދިރިއުޅޭ 40 އިންސައްތަ އާބާދީއާ އެކު ފަހަތަށް ޖެހިފައިވާ ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް ނުވަތަ އުޖާލާ މުސްތަގުބަލަކަށް ދިއުމުގެ މަގު ބަދަލުކުރުމެވެ.
ވޯލްޑް ބޭންކުގެ އޮފިޝަލުން ވިދާޅުވީ، ޕާކިސްތާނަށް އިގްތިސާދީ ގޮތުން ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި އިންފްލޭޝަން، ކަރަންޓުގެ އަގު އުފުލުމާއި، މޫސުމަށް އަންނަ ބޮޑެތި ޝޮކްތަކާއި، ތަރައްގީ އާއި ކްލައިމެޓް އެޑަޕްޓޭޝަނަށް ފައިނޭންސް ކުރުމަށް ދައުލަތުގެ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ނުލިބުން ހިމެނެ އެވެ.
"އިންސާނީ ކެޕިޓަލް ކްރައިސިސްއަކާ ވެސް ކުރިމަތިލާން ޖެހިފައި މިވަނީ އާދަޔާ ހިލާފަށް ކުޑަކުދިން ސްޓަންޓްވާ ރޭޓް މަތިވުމާއި އުނގެނުމުގެ ނަތީޖާ ދަށްވުމާއި ކުޑަކުދިން މަރުވާ މިންވަރު މަތިވުން،" ޕާކިސްތާނުގެ އިގްތިސާދީ މޮޑެލް މިހާރު ފަގީރުކަން ކުޑަނުކުރާ ކަމަށާއި އޭގެ ފަހުން ފަގީރުކަން ކުޑަކުރުމުގެ ކާމިޔާބީތައް ބަދަލުވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ނަޒީ ވިދާޅުވި އެވެ.
މީގެ އިތުރުން ވޯލްޑް ބޭންކުން ބުނީ 2000 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ދެމެދު ޕާކިސްތާނުގެ އެވްރެޖް ރިއަލް ޕަރ ކެޕިޓާ ގްރޯތް ރޭޓް ހުރީ އެންމެ 1.7 އިންސައްތައިގައި ކަމަށާއި، މިއީ ދެކުނު އެފްރިކާގެ ގައުމުތަކުގެ ބޮލަކަށް ޖެހޭ އެވްރެޖް ކުރިއެރުމުގެ ރޭޓްގެ ދެބައިކުޅަ އެއްބަޔަށްވުރެ ކުޑަ މިންވަރެއް ކަމަށާއި، އެފަދަ އިޤްތިޞާދީ އޮނިގަނޑުތައް ހުރި ކޮލެޕަރޭޓަރ ޤައުމުތަކުގެ އެވްރެޖް މިންވަރަށްވުރެ ވެސް ދަށް ކަމަށެވެ.