ޚަބަރު

ރިސޯޓުތަކުން ވަޒީފާ ގެއްލޭ މީހުންގެ ދަފްތަރެއް އެކުލަވާލަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19ގެ ސަބަބުން ބަންދުކުރާ ރިސޯޓުތަކުން ވަޒީފާ ގެއްލޭ މީހުންގެ ދަފްތަރެއް އެކުލަވާލާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަމުން މިދަނީ އަންދާޒާ ނުކުރެވޭ ވަރުގެ ހީނަރުކަމެއް ކަމަށާއި މިކަމުގެ ސަބަބުން ބައެއް ރިސޯޓުތަކަށް މީހުން އައުން މަދުވެ ބަންދުކުރާ ހިސާބަށްދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ.

"އަޅުގަނޑު މިރޭ ސަރުކާރަށް ގޮވާލަން އެފަދަ ރިސޯޓުތަކުން ސަރުކާރަށް ދައްކަން ޖެހޭ ކުއްޔާއި އެނޫން ޓެކްސްތައް މިހާރުން މިހާރަށް މާފުކޮށްދޭށޭ.އެއީ ސަރުކާރުން ކުރަންޖެހޭ ކަމެއް. ސަރުކާރެއް އޮތުމުގެ ބޭނުމަކީ ދިމާވާ ކަންކަމަށް ހައްލު ހޯދައިދިނުން. އެފަދަ ރިސޯޓުތައް ބަންދުކުރުގެ ސަބަބުން ވަޒީފާ ގެއްލޭ މީހުންނަށް ވަޒީފާ ޔަގީންކޮށްދޭން އެބަޖެހޭ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެފަދަ ޒުވާނުންފެ ދަފަތަރެއް އެކުލަވާލާނަން." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މި ސަރުކާރުން އެފަދަ މީހުންނަށް ވަޒީފާ ހޯދައިދޭން ޖެހޭނެ ކަމަށާއި މިއަދު ރާއްޖޭގެ އިގްތިސޯދު މިދަނީ އަރިއަޅާލަމުން ކަމަށެވެ. އަދި އެކަން އެގޮތައް އެ ދިމާވަނީ އިގްތިސާދަކީ ކޯޗެއްކަން ނޭނގޭ ބަޔަކު މި ގައުމުގެ ވެރިކަމުގައި ތިބީމަ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ކޮރޯނާ ވައިރަސް ރާއްޖެ އައުމަކީ އެއްވެސް ވަރަކަށް އެދޭ ކަމެއް ނޫން ކަމަށާއި މި ހާލަތު ރާއްޖެއަށް ދިމާވެފައި މިވަނީ މި ސަރުކާރުގެ އިހުމާލުން ކަމަށެވެ.

ކޮރޯނާވައިރަހާ ގުޅިގެން ޓޫރިޒަމް ދާއިރާ އަށް ކުރަމުން އަންނަ އަސަރުތަކާ ގުޅިގެން ވިލާ ކުންފުނީގެ މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ކުޑަކުރަން އެ ކުންފުނިން ވަނީ ނިންމާފައެވެ.

ވިލާ އިން ބުނީ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމީ އެ މީހުން ވަޒީފާ އިން ކަނޑާލައިފި ނަމަ އެ މީހުންނަށް ލިބޭ ގެއްލުން މާ ބޮޑުވާނެތީ އާއި މުސާރަ އަށް ކުރާ ޚަރަދު މި ވަގުތަށް ކުޑަނުކޮށްފި ނަމަ އެ ކުންފުނި ހިންގޭނެ އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!