ޚަބަރު

މުޢިއްޒުގެ ވެރިކަމެއްގައި ދަރުމަވަންތަ ހޮސްިޓަލު ދުނިޔޭގެ ފެންވަރުގެ ތަނަކަށް ހަދަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެންމެ އެކަށީގެންވާ ގޮތަށް ބޭނުން ނުކުރާ ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތް ފުޅާ ކުރައްވާނެ ކަމަށް ޕީއެންސީގެ ިރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިރޭ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ސަލްޓަން ޕާކުގައި ބޭއްވި އިވެންޓުގައި މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވިޝަން އަކީ ރައްޔިތުން ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ދާން ޖެހޭ ޖެހުން މަދުކޮށް، އެހެން ޤައުމުތަކުން ރާއްޖެއަށް ޚިދުމަތް ހޯދަން އަންނާނެ ފަދަ ގޮތަކަށް ރާއްޖޭގެ ސިއްޙީ ޚިދުމަތް ކުރިއެރުވުން ކަމަށެވެ.

"މިހާރަށް ބަލައިފިއްޔާ، އައިޖީއެމްއެޗް އެހުރީ ވަރަށް ބޮޑަށް ވީރާނާވެފަ، ނޫނިއްޔާ ޚިދުމަތް ވަރަށް ބޮޑަށް ދަށް ފެންވަރަކަށް ގޮސްފަ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އައިޖީއެމްއެޗުގެ ޚިދުމަތް ވެސް ވަރަށް ބޮޑުތަނުން ރަނގަޅު ކުރާނަން."

ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތް ތަރައްޤީ ކުރުމަށްޓަކައި، އެތަން "ދަރުމަވަންތަ ގްރޫޕް އޮފް ހޮސްޕިޓަލްސް"ގެ ގޮތުގައި ފުޅާކޮށް، ކެންސަރު ބައްޔަށް ދުނިޔޭގެ ފެންވަރުގައި އެންމެ ރަނގަޅު ޚިދުމަތް ދެވޭނެ ނިޒާމް ފުޅާ ކުރައްވާނެ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން އެޅި ދަރުމަވަންތަ ހޮސްޕިޓަލް، މި ސަރުކާރުން ވަނީ ވީރާނާވާން ދޫކޮށްލައިފައި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އެ ހޮސްޕިޓަލު މި ސަރުކާރުން ބޭނުން ކުރަން ފެށިއިރު، ރަސްމީކޮށް ހުޅުވަން ރަސްމިއްޔާތެއް ވެސް ބާއްވައިފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!