ޓައިވާނުން އުފެއްދި ފުރަތަމަ ސަބްމެރިން ދައްކާލައިފި
ބުރާސްފަތި ދުވަހު އެ ސަބްމެރިން ދައްކާލާފައިވާއިރު ޓައިވާނުން ފާހަގަކުރަނީ މިއީ އެ ޤައުމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައެވެ. މި ސަބްމެރިންގެ ހުރިހާ ކަމެއް ކޮށްފައި ވަނީ ޓައިވާންގައެވެ. ޓައިވާނުން ވަނީ މިއީ ޓައިވާންގެ އަމިއްލަވަންތަކަމަށް ޓަކައި ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަަމަށް ބުނެފައެވެ. ޓައިވާނުން ދަނީ މިލިޓަރީ ގާބިލިއްޔަތުކަން ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި މިއީ އެ މަސައްކަތުގެ ތެރެއިން އުފައްދާފައިވާ އުފެއްދުމެކެވެ.
މި ސަބްމެރިން އަކީ އެ ގައުމު ދިފާއުކުރުމަށް އަސްކަރިއްޔާ އިން ކުރާ މަސައްކަތް އިތުރަށް ވަރުގަދަކޮށްދިން ކަމެއް ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. އަދި ހަނގުރާމައިގެ ހާލަތަކަށް ޓައިވާނުން ވެސް ދަނީ މަޑުމަޑުން ތައްޔާރުވަމުންނެވެ. އެ ގައުމުން ވަނީ އެ ގައުމުގެ ސިޔާދަތު ހިމާޔަތްކުރަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ތިބި ކަމަށް ވެސް ބުނެފައެވެ.