ދުނިޔެ

ޗައިނާއިން ދުނިޔޭގެ މީޑިއާއޮޅުވާލާކަމަށް އެމެރިކާއިން ތުހުމަތުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން ދުނިޔޭގެ މީޑިއާތައް އޮޅުވާލަނީ ސެންސަރޝިޕް، ޑޭޓާ ހާރވެސްޓް އަދި ބޭރުގެ ޚަބަރުތައް ސިއްރުކޮށްގެން ގަނެގެން ކަމަށް އެމެރިކާއިން ބުނެފިއެވެ.

Ads by Sosun Fihaara

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ބެއިޖިންއިން އަހަރަކު އެތައް ބިލިއަން ޑޮލަރެއް ޚަރަދުކުރަނީ މައުލޫމާތު އޮޅުވާލުމުގެ މަސައްކަތްތަކަށް ކަމަށާއި އޭގެ ތެރޭގައި "ޕަބްލިކް އަދި ޕަބްލިކް ނޫން ވަސީލަތްތައް މެދުވެރިކޮށް ބޭރުގެ މީޑިއާތަކުގެ ހިއްސާ ހޯދުމާއި، އޮންލައިން އިންފްލުއެންސަރުން ސްޕޮންސާ ކުރުމާއި ލޭބަލް ނުކުރާ ޗައިނާ ސަރުކާރުގެ ކޮންޓެންޓް ޕްރޮމޯޓްކުރާ ޑިސްޓްރިބިއުޝަން އެގްރީމަންޓްތައް ހޯދުން" ހިމެނޭ ކަމަށެވެ.

މިކަމާ ގުޅިގެން ވޮޝިންޓަންގައި ހުންނަ ޗައިނާ އެމްބަސީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި ބެއިޖިންއިން ވަނީ ނޭޓޯއިން ބާރުގަދަ ސިޔާސަތުތަކެއް ގެންގުޅޭ ކަމަށް ތުހުމަތުކޮށް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ބުނެ ނެރުނު ބަޔާނަށް ރައްދު ދީ، އެ ބަޔާނުގައި އަސާސީ ހަގީގަތްތަކަށް އިހުމާލުވެ، ވިސްނުންތެރިކަމާއެކު ޗައިނާ ބަދުނާމުކޮށް، ސިޔާސަތުތައް އޮޅުވާލާފައިވާ ކަމަށް ބުނެފަ އެވެ.

އެމެރިކާއިން މި ރިޕޯޓް ނެރެފައި މިވަނީ، ޗައިނާގެ ސަރުކާރުން ކޮންޓްރޯލްކުރާ މީޑިއާތަކުގެ ފުޓްޕްރިންޓް ބައިނަލްއަޤްވާމީ ފެންވަރުގައި ފުޅާކުރުމަށް ޗައިނާއިން ފާއިތުވި އަހަރުތަކުގައި ކުރަމުންދާ މަސައްކަތްތަކާއި، ޚާއްޞަކޮށް ބެއިޖިންގ އާއި ވޮޝިންޓަންއާ ދެމެދު އޮންނަ ޖިއޮޕޮލިޓިކަލް ވާދަވެރިކަން އިތުރުވެފައިވާދަނޑިވަޅެއްގައެވެ. ދުނިޔޭގެ މީޑިއާތަކުން ފެތުރެމުންދާ ޗައިނާގެ ނޭދެވޭ ތަސްވީރުތަކާ ދެކޮޅަށް ޗައިނާގެ ލީޑަރުން މަސައްކަތް ކުރައްވައިފިއެވެ.

ޕަބްލިކް ރިޕޯޓްތަކާއި "އަލަށް ހޯދާފައިވާ ސަރުކާރުގެ މައުލޫމާތާއި" ހަވާލާދީ ސްޓޭޓް ޑިޕާޓްމަންޓްގެ ގްލޯބަލް އެންގޭޖްމަންޓް ސެންޓަރުން ބުނީ ބޭރުގެ ސިޔާސީ އިއްޒަތްތެރިންނާއި ނޫސްވެރިން ކޯ-އޮޕްޓްކޮށްގެން ބެއިޖިންއިން އަމިއްލަ އިންފޮމޭޝަން އިކޯސިސްޓަމެއް އުފައްދާފައިވާ ކަމަށެވެ. އަދި ޗައިނާގެ ދައުލަތުގެ އެހީގައި ހިންގާ މީޑިއާ ކޮންޓެންޓަށް އިސްކަންދޭ ތަރައްގީވަމުން އަންނަ ސަރަހައްދުތަކުގައި ސެޓެލައިޓް ނެޓްވޯކްތަކާއި ޑިޖިޓަލް ޓީވީގެ ހިދުމަތަށް ވެސް އިންވެސްޓްކޮށްފައިވެ އެވެ.

ޗައިނާއިން ބޭރުގައި ޑޭޓާ ހޯދުމުގެ ސަބަބުން ވަކި ވަކި ފަރުދުންނާއި ޖަމިއްޔާތަކަށް އަމާޒުކޮށް ބައިނަލްއަގްވާމީ ސެންސަރުޝިޕް ފައިން ޓިއުން ކުރުމުގެ ފުރުސަތު ބެއިޖިންއަށް ލިބިފައިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!