ޚަބަރު

ފަރުކޮޅުފުށީގައި އެކަހެރި ކުރެވުނު ދިވެއްސަކު ކޮވިޑް-19 އަށް ނެގަޓިވް

ދެން އެމްވީ ، ދެން އޮންލައިން

ފަރުކޮޅުފުށީގައި އެކަހެރި ކުރެވުނު ދިވެއްސަކު ކޮވިޑް-19 އަށް ނެގަޓިވް ވެއްޖެއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައިވާ ފަރާތެއްގެ ނަތީޖާ ނެގަޓިވް ވުމާ ގުޅިގެން، ފަރުކޮޅުފުށީގައި އައިސޮލޭޓް ކޮށްފައިވާ ފަރާތެއް ގޭގައި އެކަހެރިކޮށް ހުރުމަށް ފޮނުވާލެވިފައިވާ ކަމަށެވެ.

މީގެއިތުރުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސަން އަކުއާރ ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ. އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓަށް އަރައި ފޭބުން މަނާކޮށްފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ކޮރޯނާވައިރަހަށް ރާއްޖެއިން މިހާތަނަށް ވަނީ އަށް ބިދޭސީއަކު ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް ޕޮޒިޓިވްވި އަށް މީހުންނަކީ ކުރެއްދޫ ރިސޯޓުގެ ހަތަރު މީހަކާއި، ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިންގެ އިތުރުން ކުރަމަތި އައިލޭންޑް ރިސޯޓުގައި ތިބި ދެ ބިދޭސީއެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!