ޚަބަރު

ރައީީސް ޔާމީން މުޢިއްޒުއަށް ކުރެއްވި ތާއީދު އަނބުރާ ގެންދިޔަ ކަމަށް ބުނެ ފަތުރަނީ ކަނޑައެޅިގެން ދޮގެއް: ވަކީލުން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިދިކޮޅު ލީޑަރު، ރައީސް ޔާމީން ޢަބްދުލްޤައްޔޫމް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުއަށް ކުރެއްވި ތާއީދު އަނބުރާ ގެންދިޔަ ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތައް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ދޮގު ކުރައްވައިފިއެވެ.

Ads by Hajj Corporation

ދިޔަރެސް.ކޮމްގެ ފޭކު ވެބްސައިޓެއް، "ދިޔަރެސް.ނެޓް"ގެ ނަމުގައި ހަދައި، ރޭ ވަނީ، ރައީސް ޔާމީން މުޢިއްޒުއަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވި ކަމަށް ބުނެ  ޚަބަރެއް ޝާއިއުކޮށްފައެވެ.

މި ޚަބަރު ދޮގުކުރައްވައި، ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ތިން ބޭފުޅުން ސޮއި ކުރައްވައި، ނެރުއްވި ބަޔާނުގައި، ފަތުރަމުންދާ ޚަބަރަކީ ކަނޑައެޅިގެން ދޮގުކަން ބަޔާން ކުރެއްވިއެވެ.

ރައީީސް ޔާމީންގެ ވަކީލުން ނެރުއްވި ނޫސް ބަޔާން

ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް، ޕީޕީއެމް/ޕީއެންސީގެ ސެނެޓަރުންގެ ގްރޫޕަށް ފޮނުއްވި ކަމަށް ބުނެ، ފޭކު މެސެޖުތަކެއްވެސް މިރޭ ދައުރު ކުރިއެވެ.

އިދިކޮޅުން ވަނީ، އެއީ އަސްލެއް ނޫންކަން ވެސް ޔަގީން ކޮށްދީފައެވެ. އެގޮތުން ޕީޕީއެމްގެ އެއް ނައިބު ރައީީސް އަޙްމަދު ޝިޔާމް ވަނީ، ޕީޕީއެމް/ޕީއެންސީގެ ސެނެޓަރުންގެ ގްރޫޕްގައި މެޑަމް ފާތުން ހިމެނިވަޑައިނުގަންނަވާކަން ފާހަގަކުރައްވައިފައެވެ. އޭނާ ވިދާޅުވީ ރައީސް ޞާލިޙަށް ހަމަ ރަނގަޅަށް ވެސް ގޮތް ހުސްވެއްޖެ ކަމަށެވެ.

މުޢިއްޒުގެ ވާދަވެރިން މާ ބޮޑަށް އެންޓި ކެމްޕެއިން ކުރާކަން ފާހަގަކޮށް، ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!