Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މެލޭޝިއާއިން ރާއްޖެއައި ދިވެއްސަކު އެކަހެރިކޮށް ޓެސްޓު ހަދަނީ

މެލޭޝިއާއިން ރާއްޖެއައި ދިވެއްސަކު އެކަހެރިކޮށް ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާއި އެއް އިމާރާތެއްގައި ދިރިއުޅުމަށްފަހު މެލޭޝިއާއިން ރާއްޖެއަށް އައި ދިވެއްސެއްގެ ގައިން ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އެފަރާތުގެ ސާމްޕަލް ނަގާ ޓެސްޓްކުރުމަށް ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިއްޔެ ވަނީ އިޓަލީން އައި ދެ ދިވެއްސަކާއި ޗައިނާއިން ދިވެއްސަކު ފަރުކޮޅުުފުށީގައި ކަރަންޓީން ކޮށްފައި އެވެ. މިވަގުތު ފަރުކޮޅުފުށީގައި ކަރަންޓީން ކޮށްފައި ތިބި މީހުންގެ ތެރެއިން ވައިރަސްއަށް ޓެސްޓު ކުރި ދިވެއްސެއްގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް ރޭ އެޗްޕީއޭއިން ހާމަ ކުރި އެވެ.

Advertisement
Ooredoo — Square (box)

އާންމު އުސޫލެއްގެ ދަށުން މިހާރު އަމަލު ކުރަމުންދާ ގޮތުން ބަލި ފެތުރެމުންދާ ގައުމަކުން އަންނަ ދިވެހިން14 ދުވަސް ވަންދެން ކަރަންޓީން ފެސިލިޓީގައި މަޑު ކުރަން ޖެހެ އެވެ. އެކަމަކު ބަލީގެ އަލާމާތެއް ފެންނަން ނެތް ނަމަ ކޮރޯނާ ވައިރަސްއަށް ޓެސްޓެއް ނުކުރެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް