ހުޅުދޫއިންވެސް ރައީސް ޞާލިޙަށް ކުރި ނުލިބުނު
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ސ.ހުޅުދޫގެ ވަގުތީ ނަތީޖާއިން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ކުރި ހޯއްދަވައިފިއެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން، މުޢިއްޒުއަޒް ހުޅުދޫއިން 460 ވޯޓު ލިބިލެއްވިއެވެ. އެއީ 61.5 އިންސައްތަ ވޯޓެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 35.16 އިންސައްތައެވެ. އެއީ 263 ވޯޓެވެ.
ހުޅުދޫގައި 996 މީހުންނަށް ވޯޓު ލުމުގެ ހައްޤު ލިބިފައިވާއިރު، 748 މީހުން ވޯޓުލިއެވެ. އޭގެތެރޭގައި ބާތިލު ވޯޓުގެ ގޮތުގައި 25 ވޯޓު ހިމެނެއެވެ.
Ads by Allied Insurance