ވިއެޓްނާމުން ޗައިނާއިން އެތެރެކުރި ވިންޑް ޓަވަރުތަކުގެ މައްސަލަ ބަލަނީ

ވިއެޓްނާމްގެ އިންޑަސްޓްރީ މިނިސްޓްރީން ވިންޑް ޓަވަރުތަކުން އެންޓި ޑަމްޕިން ޑިއުޓީ ނަގަން ޖެހިދާނެ މައްސަލައެއް ބަލަން ފަށާފައި މިވަނީ އެތެރޭގެ އުފެއްދުންތެރިން ހުށަހެޅި ޝަކުވާއަކާ ގުޅިގެން ކަމަށް ވިއެޓްނާމްގެ ސަރުކާރުން ބުނެފި އެވެ.
ވިއެޓްނާމްގެ ޕްރޮޑިއުސަރުން ބުނަނީ ޗައިނާ އަށް ނިސްބަތްވާ ޓަވަރުތައް އުކާލުމުން އެ މީހުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
"ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި، އިބްތިދާއީ ތަހުގީގީ ނަތީޖާގެ މައްޗަށް ބިނާކޮށް، އެތެރޭގެ އުފެއްދުންތެރިކަމަށް ގެއްލުންވާ ގޮތަށް ޑަމްޕިން ހަރަކާތްތައް ހުއްޓުވުމަށް ޓަކައި ޓްރޭޑް މިނިސްޓްރީއަށް ވަގުތީ ގޮތުން އެންޓި ޑަމްޕިން ފިޔަވަޅުތައް އެޅިދާނެ،" ބަޔާނުގައިވެ އެވެ.
ނަމަވެސް ތަހުގީގު ނިންމާނެ ޓައިމްލައިނެއް ސަރުކާރުން ދީފައެއް ނުވެއެވެ.
ވިއެޓްނާމްގެ ކަސްޓަމްސް އިން ވެސް އަދި ސްޓެޓިސްޓިކްސް އޮފީހަކުން ވެސް ވިންޑް ޓަވަރު އިމްޕޯޓްކުރާ ގޮތުގެ ތަފާސް ހިސާބު ނުދެ އެވެ.
ޓްރޭޑް މިނިސްޓްރީން ބުނި ގޮތުގައި ލޯކަލް ޕްރޮޑިއުސަރުން ހުށަހެޅީ އެންޓި ޑަމްޕިން ޓެކްސް ރޭޓް 97 ޕަސެންޓެވެ.
ވިއެޓްނާމަށް އެތެރެކުރާ ވިންޑް ޓަވަރުތަކަށް މިހާރު ލިބެނީ މޯސްޓް ފެވާޑް ނޭޝަން (އެމްއެފްއެން) ޓެރިފްގެ ގޮތުގައި 3 ޕަސެންޓެވެ.
ވިއެޓްނާމްއިން ވިންޑް އެނަރޖީ އިތުރުކުރުމަށް މަސައްކަތް ކުރަމުން ދަނީ ގަރުނުގެ މެދުތެރޭގައި ކާބަން ނިއުޓްރަލް އަށް ބަދަލުވާން ފެށުމުން، 2030 ވަނަ އަހަރާ ހަމައަށް މުޅި ޕަވަރ މިކްސްގެ 18.5 އިންސައްތަ ހިއްސާކުރުމަށް އަމާޒުހިފާފައިވާ ވައިގެ ސަބަބުންނެވެ.