ދުނިޔެ

ޖަލުގައި އިމްރާނަށް ނަފްސާނީ ގޮތުން އަނިޔާކުރާ ކަމަށް ވަކީލް ތުހުމަތު ކުރައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ގާނޫނީ ވަކީލު ތުހުމަތު ކުރެއްވި ގޮތުގައި ޕާކިސްތާނު ތަހްރީކޭ އިންސާފް (ޕީޓީއައި) އަށް ނަފްސާނީ ގޮތުން އަނިޔާ ކުރަނީ އަޑިއާލާ ޖަލުގަ އެވެ.

Ads by WAMCO

ޕީޓީއައިގެ ޗީފް ލޯޔަރު ނައީމް ހެއާދަރު ޕަންޖޯތާ ތުހުމަތު ކުރެއްވި ގޮތުގައި އިމްރާން ބަހައްޓާފައި ހުރީ ސީ ކްލާސް ޖަލުގެ ކުޑަ ކޮޓަރިއެއްގައި ކަމަށާއި އެ ކޮޓަރިން ބޭރަށް ނުކުމެ އުޅުމަކީ ހިނގާލަން ވެސް ހުއްދަ ކަމެއް ނޫން ކަމަށެވެ.

އިމްރާންގެ ވަކީލް ވިދާޅުވީ ކުރީގެ ބޮޑުވަޒީރަށް ދޭ ކާބޯތަކެތީގެ ކޮލިޓީއާ މެދު ޝައްކު ކުރައްވާ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ކާބޯތަކެތީގެ މައްސަލަ އަދިވެސް ކޯޓުގައި ހިނގަމުން އެބަދެ އެވެ.

ޕަންޖޯތާ ވަނީ ސައިފަރ މައްސަލައިގެ އިން ކެމެރާ އަޑުއެހުމާ މެދު ސުވާލު އުފައްދައި، އެ މައްސަލައިގެ އޯޕަން ޝަރީއަތް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ ސައިފަރގައި ޕީޓީއައިގެ ޗެއާމަންގެ މައްޗަށް ކުށް ސާބިތުވުމަކީ ކުރީގެ ބޮޑުވަޒީރު ސިޔާސީ މައިދާނުން ދުރުގައި ބެހެއްޓުމުގެ ކެމްޕެއިންގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށެވެ.

މީގެ ކުރިން ޕާކިސްތާނު ތަހްރީކޭ އިންސާފް (ޕީޓީއައި) އިން ވަނީ ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފްއައިއޭ) އިން ހުށަހެޅި ޗާލަން ބަލައިނުގަނެ، ސައިފަރ މައްސަލަ ބެލުމަށް ޖުޑީޝަލް ކޮމިޝަނެއް އުފެއްދުމަށް ގޮވާލާފައެވެ.

ޕީޓީއައިގެ ތަރުޖަމާނު ހޮނިހިރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޕާޓީގެ ޗެއާމަން އަދި ވައިސް ޗެއާމަން ޝާހް މަހްމޫދު ގުރައިޝީގެ މައްޗަށް ހުށަހަޅާފައިވާ ޗާލަންއަކީ ސައިފަރ ކޭސްގެ ގޮތުގައި މާނައެއް ނެތް އަދި ދޮގު ޗާލަންއެއް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!