ޚަބަރު

ކެރެލާގައި ތިބި ދިވެހިން ރެޖިސްޓްރީ ވާން އެދެފި

ދެން އެމްވީ ، ދެން އޮންލައިން

ބޭސްފަރުވާއަށް ގިނަ އަދަދެއްގެ ދިވެހިން ދާ އިންޑިޔާގެ ކެރެލާ ސްޓޭޓްގައި ތިބި ދިވެހިން ރެޖިސްޓާވުމަށް ޓްރެވިންޑްރަމްގައި ހުންނަން ރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލް އިން އެދެފި އެވެ.

Ads by Sosun Fihaara

ކޮންސިއުލޭޓުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކެރެލާގައި ދިރިއުޅެމުން އަންނަ ދިވެހިން އީ-މެއިލް ނުވަތަ ހޮޓްލައިން ނަމްބަރު މެދުވެރިކޮށް ރަޖިސްޓާވުމަށް އެދޭ ކަމަށެވެ. އަދި ކެރެލާގެ ހެލްތުން ދޭ އިރުޝާދާ އެއްގޮތަށް ދިވެހިން ވެސް ފިޔަވަޅު އަޅުމަށް އިލްތިމާސް ކުރާކަމަށް އެ ކޮންސިއުލޭޓުން ބުންޏެވެ.

ކެރެލާގައި އަންނަނީ ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ އެކަނިވެސް އިތުރު ބަޔަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 17 އަށް އަރާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!