ޚަބަރު ދުނިޔެ

ބެންކޮކްގެ ސިއާމް ޕަރަގޮން މޯލްގައި ދިން ބަޑީގެ ހަމަލާގައި ދިވެއްސަކަށް އަނިޔާވިތޯ ބަލަން ފަށައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ވިޔަފާރިުރަން ދިވެހިން އާންމުކޮށް ގޮސް އުޅޭ ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ސިއާމް ޕަރަގޮން މޯލްގައި ދިން ބަޑީގެ ހަމަލާގައި ދިވެއްސަކަށް އަނިޔާއެއްވެފައި ވޭތޯ ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީއިން މަޢުލޫމާތުދީފިއެވެ.

Ads by STELCO
Ads by Sosun Fihaara

ތައިލޭންޑުގެ މީޑިއާތަކުން މަޢުލޫމާތު ލިބޭގޮތުގައި ސިއާމް ޕަރަގޮން މޯލްއަށް ވަދެ ބަޑި ޖަހައި ބަޔަކު މަރާލާފައިވަނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި ހަމަލާގައި 3 މީހުން މަރުވެފައިވާއިރު އިތުރު ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާ ދެމުން އަންނަކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހަމަލާއާއި ގުޅިގެން ބެންކޮކް އެލާޓަށް ގެނެސްފައިވާއިރު، 14 އަހަރުގެ އެ ފިރިހެން ކުއްޖާ އެކަން ކޮށްފައިވަނީ ސުކޫލަށް ދިޔަ މަގުމަތީގައިކަމަށާއި ނަމަވެސް އެ ހަމަލާ އޭނަ ދިން ސަބަބެއް އަދި ސާފުވެފައިނުވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެހެންކަމުން މި ހަމަލާގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއްވިތޯ ބަލަމުންދާކަމަށް ފޮރިން މިނިސްޓްރީންވަނީ ބުނެފައެވެ. އަދި އެ ޤައުމުގައި ތިބި ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާކަމަށާއި ހާދިސާ ހިނގި ވަގުތު އެއްވެސް ދިވެއްސަކު އެ މޯލްގައި އުޅުނުތޯވެސް ބަލަމުންދާކަމަށް ފޮރިން މިނިސްޓްރީއިން ވިދާޅުވެފައިވެއެވެ.

އަދި މި ހަމަލާގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ލިބިފައިވާނަމަ، ނުވަތަ އެފަދަ މައުލޫމާތެއްވެސް ލިބިފައިވާނަމަ އެކަން ލަސްނުކޮށް މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 7834000 ނުވަތަ ބެންކޮކުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރު 66611766502+ އަށް ގުޅުއްވުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!