ޗައިނާއަށް ބަރޯސާވުން ކުޑަކުރަން އެމެރިކާއިން މަސައްކަތް ކުރަނީ

އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ޖެނެޓް ޔެލެން އަންގާރަ ދުވަހު ވިދާޅުވީ، ކްރިޓިކަލް ސަޕްލައި ޗެއިންތަކަށް، ހާއްސަކޮށް ސާފު ހަކަތައިގެ އުފެއްދުންތަކުގައި އެމެރިކާ ޗައިނާއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ކަމަށާއި، ސަޕްލައިގެ ވަސީލަތްތައް ފުޅާކުރަން ޖެހޭ ކަމަށެވެ.
ވޮޝިންޓަންގައި ބޭއްވި ފޯޗޫން ސީއީއޯ އިވެންޓެއްގައި ވާހަކަ ދައްކަވަމުން ޔެލެން ވަނީ އިގްތިސާދީ ގޮތުން ޗައިނާއާ ވަކިވާން އެމެރިކާ އިން ބޭނުން ނުވާ ކަމަށް ޒަމާނުއްސުރެ ދެކެމުން އައި ވިސްނުން ތަކުރާރުކުރައްވާފަ އެވެ.
އެކަމަނާ ވިދާޅުވީ ސިނާއީ ސިޔާސަތަށް "ހަރުދަނާ ގޮތެއްގައި ގަބޫލުކުރައްވާ ބޭފުޅެއް" ނޫން ކަމަށާއި އެހެން ގައުމުތަކުން ބޮޑެތި ސަބްސިޑީތަކާ އެކު ސެމިކޮންޑަކްޓާ އިންޑަސްޓްރީތައް ބިނާކުރި އިރު އެމެރިކާ އިން މާ ގިނަ ދުވަސްތަކެއް ވަންދެން ދެމިތިބި ކަމަށެވެ.
އެކަމަނާ ވިދާޅުވީ އަމިއްލަ ހަރުދަނާ ސެމިކޮންޑަކްޓަރ ސެކްޓަރެއް ނެތި ގައުމީ ސަލާމަތާ ގުޅޭ ކަންބޮޑުވުންތައް އެމެރިކާއަށް ކުރިމަތިވާނެ ކަމަށާއި މިދިޔަ އަހަރުގެ ޗިޕްސް އެންޑް ސައިންސްގެ ގާނޫނުގެ ސަބަބުން އެ ޓްރެންޑް އަނބުރާލުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
"ހުރިހާ އަމަލީ ބޭނުމަކަށް، ސެމިކޮންޑަކްޓާ އުފެއްދުން ދޫކޮށްލުމަކީ އެމެރިކާއަށް ސްމާޓް ސްޓްރެޓެޖީއެއް ކަމަށް ދެކޭނަމަ އަޅުގަނޑުމެން އަމިއްލަ ނަފްސަށް އޮޅުވާލަނީ،" ޔެލެން ވިދާޅުވި އެވެ.