މަސްތުވާތަކެތި ދެނެގަންނަ ކުއްތާ ގެންގުޅެން ދަސްކޮށްދޭ ޓްރައިނިންއަކަށް ކަސްޓަމްގެ 20 މީހަކު އިންޑިއާއަށް!

ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސް އެންޑް ކަސްޓަމްސް (ސީބީއައިސީ)ގެ ދަށުން ކަސްޓަމްސް ތަމްރީނުކުރާ، ބެންގަލޫރުގެ ނޭޝަނަލް އެކަޑަމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސް އެންޑް ނާކޮޓިކްސް (ނާސިން) އިން <b>"</b>ކްރިއޭޓިން<b> </b>އެންޑް<b> </b>މެނޭޖިން<b> </b>ކެނައިން<b> </b>ސެންޓަރު<b>"</b> ގެ ޓްރެއިނިން-އަދި-ސްޓަޑީ ޓުއާގައި ބައިވެރިވުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް (އެމްސީއެސް) ގެ 20 އޮފިޝަލުންގެ ގްރޫޕެއް އަންނަ އޮކްޓޯބަރު މަހުގެ 8 ން 14 އަށް އިންޑިއާއަށް ޒިޔާރަތް ކުރުމަށް ނިންމައިފިއެވެ.
ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޓްރެއިނިންގ-އަދި-ސްޓަޑީ ޓުއާގައި ހިމެނޭ ދާއިރާތަކުގެ ތެރޭގައި އެންފޯސްމަންޓް އެޖެންސީތަކަށް ކެނައިން ސްކޮޑްގެ މުހިންމުކަމާއި، ޒަމާނީ ކެނައިން ސްކޮޑް އުފެއްދުމާއި، ސްކޮޑުގެ އަސާސީ ތަމްރީނާއި، ކުއްތާ ހޭންޑްލަރުން ބިނާކުރުމާއި ތަމްރީނުކުރުން ފަދަ ދާއިރާތައް ހިމެނެއެވެ. އަދި އެ ދާއިރާތަކަށް އަމާޒުކޮށްގެން ތަޖުރިބާކާރުން<b> </b>ސެޝަތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
މި ޓްރައިނިން ބައިވެރިންނަށް އަމަލީ<b> </b>ތަޖުރިބާ ދިނުމުގެ ގޮތުން ނާސިން ބަންގަލޫރު އިން ވަނީ އަމްރިތުސަރުގެ އަޓާރީގައި ހުންނަ ސީބީއައިސީގެ<b> </b>ކެނައިން<b> </b>ފެސިލިޓީ<b> "</b>ކަސްޓަމްސް<b> </b>ކޭ<b>9 </b>ސެންޓަރު<b>"</b> ގައި ތަމްރީނުގެ ބައެއް ވެސް އިންތިޒާމްކޮށްފައެވެ. އޭގެތެރޭގައި ބޭސިކް ގްރޫމިންގ، ކެނެލް މެނޭޖްމަންޓް، ސްޕެޝަލައިޒްޑް ސެންޓް ޓްރެއިނިންގ، އޮބިޑެންސް ޓްރެއިނިންގ ފަދަ މައުޟޫޢުތަކަށް ބިނާކޮށް ސެޝަންތައް ތަޖުރިބާކާރުން ނަގާދޭނެއެވެ. މީގެ އިތުރުން މައިސޫރު އަދި އަމްރިތުސަރުގެ ތާރީޙީ އަދި ސަޤާފީ ސިޓީތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ވެސް ބައިވެރިންނަށް ލިބިގެންދާނެއެވެ.
މިދަތުރަކީ އެމްސީއެސްގެ ކެޕޭސިޓީ ބިލްޑިންގގައި އެއްބާރުލުން އިތުރުކުރުމުގެ މަޤްޞަދުގައި 2019 ވަނަ އަހަރުގެ ޖޫން މަހު އިންޑިއާގެ ބޮޑު ވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ސީ.ބީ.އައި.ސީ އާއި އެމް.ސީ.އެސް އާ ދެމެދު ސޮއިކުރެވުނު "އެމްއޯޔޫ އޮން ކޯޕަރޭޝަން އިން ކަސްޓަމްސް ކެޕޭސިޓީ ބިލްޑިންގ" ގެ ދަށުން ހަމަޖެހިފައިވާ ދަތުރެކެވެ.
މި އެމްއޯޔޫގެ ދަށުން 2020 ވަނަ އަހަރު މިހާތަނަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 190 އަށްވުރެ<b> </b>ގިނަ<b> </b>އޮފިސަރުން އިންޑިއާގައި ތަމްރީނުކުރެވިފައިވެއެވެ. މީގެ އިތުރުން އެމްސީއެސްގެ ގާތްގަނޑަކަށް 90 އޮފިސަރުން ވަނީ ކަސްޓަމައިޒްޑް ވާޗުއަލް ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވެފައެވެ.







ކޮމެންޓް