ދުނިޔެ

ރަޝިއާގެ އަސްކަރީ އެއްބާރުލުމާ ގުޅިގެން އެމެރިކާއިން ޗައިނާގެ 42 ފަރާތަކާއެކު ވިޔަފާރި ކުރުން މަނާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މޮސްކޯގެ އަސްކަރީ އަދި ދިފާއީ ސިނާއީ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅިގެން އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ވަނީ ޗައިނާގެ 42 ކުންފުންޏެއް ސަރުކާރުގެ އެކްސްޕޯޓް ކޮންޓްރޯލް ލިސްޓަށް އިތުރުކޮށްފަ އެވެ.

Ads by WAMCO

މީގެ އިތުރުން ފިންލޭންޑް، ޖަރުމަނު، އިންޑިއާ، ތުރުކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި އިނގިރޭސިވިލާތުގެ އިތުރު ހަތް ކުންފުންޏެއް ވެސް ޓްރޭޑް އެކްސްޕޯޓް ކޮންޓްރޯލް ލިސްޓުގައި ހިމަނާފައިވެ އެވެ.

ކޮމާސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ މި ސާކިޓްތަކުގެ ތެރޭގައި ޔޫކްރެއިންގެ މަދަނީ އަމާޒުތަކާ ދެކޮޅަށް ފޮނުވާ މިސައިލާއި ޑްރޯންތަކުގައި ރަޝިއާއިން ޕްރިސިޝަން ގައިޑެންސް ސިސްޓަމްތަކަށް ބޭނުންކުރާ މައިކްރޯ އިލެކްޓްރޯނިކްސް ހިމެނޭ ކަމަށެވެ.

"އެންޓިޓީ ލިސްޓަށް މިއަދު ގެނައި އިތުރުތަކުން ވަރަށް ސާފު މެސެޖެއް ލިބޭ: ރަޝިއާގެ ދިފާއީ ދާއިރާއަށް އެމެރިކާ އޮރިޖިން ޓެކްނޮލޮޖީ ސަޕްލައި ކޮށްދީފިނަމަ އެކަން އެނގޭނެ، ފިޔަވަޅު އަޅާނަން،" އެކްސްޕޯޓް އެންފޯސްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީ މެތިއު އެކްސެލްރޯޑް ވިދާޅުވެފައިވެ އެވެ.

އެމެރިކާއިން މިފިޔަވަޅު އަޅާފައި މިވަނީ ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތްތާ ދެވަނަ އަހަރަށް ވެސް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި މިދިޔަ ބުރާސްފަތި ދުވަހު ޔޫކްރެއިންގެ އިރުއުތުރުގެ އަވަށަކަށް ރަޝިޔާއިން ދިން މިސައިލް ހަމަލާގައި 20 މަސް ދުވަހުގެ ތެރޭގައި ދިން އެންމެ ނުރައްކާތެރި އެއް ހަމަލާގައި 52 މީހުން ވަނީ މަރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!