ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އެއާޕޯޓުގެ ތިން ވަނަ ޓާމިނަލް ބޮޑުވަޒީރު ހަސީނާ ހުޅުއްވައިދެއްވައިފި
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އަލަށް އިމާރާތްކުރި ހަޒްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓް (އެޗްއެސްއައިއޭ) ގެ ތިން ވަނަ ޓާމިނަލް އިފްތިތާހުކޮށްދެއްވީ ދުނިޔޭގެ ފެންވަރުގެ ފަސިންޖަރުންގެ ހިދުމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެ ގައުމުގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށެވެ.
އެކަމަނާ އަލަށް ޢިމާރާތްކުރެއްވި ޓާމިނަލް އިފްތިތާޙްކޮށްދެއްވީ ހޮނިހިރު ދުވަހުގެ ހެނދުނު ޑާކާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި "ހުވަފެންތަކާއި ޙަޤީޤަތާ ގުޅުވާލުން" މި ޝިޢާރުގެ ދަށުން ހަދާފައިވާ ފިލައެއް އިފްތިތާޙްކޮށްދެއްވައިގެންނެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސިވިލް އޭވިއޭޝަން އެންޑް ޓުއަރިޒަމް މަހުބޫބު ޢަލީއާއި، ޖަޕާނުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މަސާހިރޯ ކޮމުރާއާއި، ސެކްރެޓަރީ ސިވިލް އޭވިއޭޝަން އެންޑް ޓުއަރިޒަމް މޮކަމަމެލް ޙުސައިން އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮފް ބަންގްލަދޭޝް (ސީއޭއޭބީ)ގެ ޗެއަރމަން ވައިސް ވައިސް މާޝަލް އެމް މުފިދުރު ރަޙްމާން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ޖަޕާނުގެ މިނިސްޓްރީ އޮފް ލޭންޑް، އިންފްރާސްޓްރަކްޗާ، ޓްރާންސްޕޯޓް އެންޑް ޓުއަރިޒަމްގެ ސައިޓޯ ޓެޓްސޫ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެއަށްފަހު ބޮޑުވަޒީރު ވަނީ ޓާމިނަލް-3 ގެ އެކި ސެކްޝަންތަކަށް ޒިޔާރަތްކުރައްވައި އެތަނުގެ އެކި ޑިޕާޓްމަންޓްތައް ބައްލަވާލައްވައި ފެސިލިޓީތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވާފައެވެ.
ބެގޭޖް ޗެކިން މެދުވެރިކޮށް އިމިގްރޭޝަން ކްލިއާ ކުރުމަށް ބޭއްވި ޑްރެސް ރިހާސަލްގައި ވެސް ބައިވެރިވެ، ފަހުން ބޯޑިން ޕާސް ދީފައިވެ އެވެ. މި ހަރަކާތުގައި ތިން ވަނަ ޓާމިނަލްގައި ވަނީ ވީޑިއޯ ޑޮކިއުމެންޓްރީއެއް ދައްކާފަ އެވެ. އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހަރަކާތްތަކާ ގުޅޭ އިތުރު ވީޑިއޯ ޑޮކިއުމެންޓްރީއެއް ވެސް ވަނީ ދައްކާފަ އެވެ. ޑާކާ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތުގެ ގާތްގަނޑަކަށް 90 ޕަސެންޓް ނިމިފައިވާއިރު ބާކީ ހުރި މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް އެބަދެ އެވެ. ސިސްޓަމް އިންޓަގްރޭޝަން އަދި ކެލިބްރޭޝަން ނިމުމުން އަންނަ އަހަރު ނިމުމުގެ ކުރިން ތިން ވަނަ ޓާމިނަލް ފަސިންޖަރުންނަށް ބޭނުން ކުރުމަށް މުޅިން އޮޕަރޭޓް ކުރެވޭނެ އެވެ.