ޕޭމަންޓް ސިސްޓަމްތަކަށް ޗައިނާ ސްޓައިލްގެ ސަވައިލަންސްގެ ނުރައްކާ އޮތް ކަމުގެ އިންޒާރު އެމެރިކާގެ ކޮންސިއުމަރ ވޮޗްޑޮގް އިން ދީފި

ކޮންސިއުމަރ ފައިނޭންޝަލް ޕްރޮޓެކްޝަންގެ އެމެރިކާގެ އެންމެ އިސް އެޖެންސީ ފޮރ ކޮންސިއުމަރ ފައިނޭންޝަލް ޕްރޮޓެކްޝަން އިން ޗައިނާގައި ޕޭމަންޓް ސްޓްރަކްޗަރތަކުގެ ސަބަބުން އެފަރާތްތަކުގެ މާލީ ޑޭޓާ ތައް މާބޮޑަށް ބެލެހެއްޓުމުން ރައްޔިތުން ސަލާމަތްކުރުމަށް ޓަކައި ރެގިއުލޭޓަރީ ފިޔަވަޅެއް އެޅުމަށް ވިސްނަމުންދާކަމަށް އެ އިދާރާގެ ޑިރެކްޓަރު ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ.
މީގެ ތެރޭގައި އެމެރިކާގެ ބައެއް ބޮޑެތި ޓެކް ފާމްތަކުން ޕާސަނަލް ޑޭޓާ އާއި ޕްރައިވެޓް ކަރަންސީ ބޭނުންކުރާ ގޮތުގެ މައުލޫމާތު ދިނުމަށް އެންގުން ހިމެނޭނެ ކަމަށް އެމެރިކާގެ ކޮންސިއުމާ ފައިނޭންޝަލް ޕްރޮޓެކްޝަން ބިއުރޯ (ސީއެފްޕީބީ) ގެ ޑިރެކްޓަރު ރޯހިތު ޗޯޕްޅާ ދެއްވި ތަގުރީރެއްގައި ވިދާޅުވި އެވެ.
މީގެ އިތުރުން ކުރިން އިއުލާނުކޮށްފައިވާ ޝެޑިއުލަކާ އެއްގޮތަށް ކަސްޓަމަރުންގެ ބޭންކިން ޑޭޓާ ކޮންޓްރޯލް ކުރުމާ ގުޅޭ ރެގިއުލޭޓަރީ ޕްރޮޕޯސަލް ވެސް މި މަހުގެ ފަހުކޮޅު އެ އެޖެންސީން ނެރޭނެ ކަމަށް ޗޯޕްޅާ ވިދާޅުވި އެވެ.
ޗޯޕްޅާ ވިދާޅުވީ ޗައިނާގައި އުފެދިފައިވާ ފަދަ ކޮންސޮލިޑޭޓެޑް މާކެޓް ސްޓްރަކްޗަރަކަށް އެމެރިކާ މިސްރާބު ޖަހަމުންދާތީ އެކަމުގެ ބިރު އެބައޮތް ކަމަށާއި، އެކަމުގެ ސަބަބުން ޕޭމަންޓާއި ވިޔަފާރީގެ މެދުގައި އޮންނަ ލައިންތައް އޮޅުވާލައި، މާ ބޮޑަށް ސަވައިލަންސް ކުރުމާއި ފައިނޭންޝަލް ސެންސަރުޝިޕަށް ވެސް އިނާޔަތްތައް ލިބޭ ކަމަށެވެ.
ހާއްސަކޮށް ބޮޑެތި މާލީ އިދާރާތަކަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ވާއިރު، ކޮންސިއުމާ ޕޭމަންޓް ޕްލެޓްފޯމްތައް ފޯރުކޮށްދޭ ބޭންކް ނޫން މާލީ އިދާރާތައް ސީދާ ސުޕަވައިޒް ކުރުމުގެ ހުއްދަ ދޭ ގާނޫނީ އިދާރާތަކުގެ ބޭނުން ހިފުމަށް ވެސް ސީއެފްޕީބީން ވިސްނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވޮޝިންޓަންގެ ބްރޫކިންގްސް އިންސްޓިޓިއުޝަންގައި ދެއްވި ތަގުރީރުގައި ޗޯޕްޅާ ވިދާޅުވީ އެމެރިކާގެ ކަސްޓަމަރުންނަށް މާ ބޮޑަށް މޮނިޓަރިން އާއި ޑޭޓާ ނަހަމަ ގޮތުގައި ބޭނުން ކުރުމުން ހަރުދަނާ ރައްކާތެރިކަން ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.