ދުނިޔެ

ޕާކިސްތާނުގެ އިޤްތިޞާދު އަދިވެސް ހަމައަށްނޭޅެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ އޭސް މަނީ ޓްރާންސްފާގެ ރިޕޯޓެއްގައި ވާގޮތުން ކަޅުބާޒާރު ކުރުމާއި މުހިންމު ދާއިރާތަކަށް އެމެރިކާ ޑޮލަރު އެތެރެކުރުން ފަދަ ގާނޫނާ ހިލާފު އަމަލުތަކުގެ ސަބަބުން ޕާކިސްތާނުގެ އިގްތިސާދު އަހަރަކު 23 ބިލިއަން ޑޮލަރަށް އަރަ އެވެ.

Ads by Sosun Fihaara

ކަޅު ބާޒާރުގެ ފައިސާގެ ވިޔަފާރިއާއި، ތެޔޮ އެތެރެކުރުމާއި، ރަނުގެ ވަގުފާރިއާއި، އިމްޕޯޓް ކޮންޓްރޯލް ހިމެނޭ މި ސިއްރު އޮޕަރޭޝަންތަކުގެ ސަބަބުން ޕާކިސްތާނުގެ އިޤްތިޞާދީ ހަމަޖެހުމަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. އޭގެ ސަބަބުން އެކްސްޗޭންޖް ރޭޓްތައް އޮޅުވާލައި، ކަރަންސީ ޑިވެލުއޭޝަނަށް މަގުފަހިވެ، އިމްޕޯޓް ކުރާ މުދަލުގެ އަގު ބޮޑުވެ، އިންފްލޭޝަން އަށް ތެޔޮ އެޅިދާނެ އެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން މަނިޓަރީ ޕޮލިސީތަކުގެ ހަރުދަނާކަން ކުޑަވެ، މާލީ ނިޒާމާ މެދު އޮންނަ އިތުބާރު ގެއްލޭ ކަމަށެވެ.

ފާއިތުވި އަހަރުތަކުގައި ޕާކިސްތާނުގެ އެކްސްޗޭންޖް ރޭޓަށް ބޮޑެތި ބަދަލުތަކެއް އައިސް، އިގްތިސާދީ ގޮންޖެހުންތައް ވަނީ ބޮޑުވެފަ އެވެ. މި ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވުމުގެ ސަބަބުން އިންޓަރބޭންކް ރޭޓް ވަނީ ޑޮލަރަކަށް 282.62ރ. ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި ޕާކިސްތާނުގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް މުހިންމު ދާއިރާތަކުން ޓްރެފިކް ކުރުން ނައްތާލުމަށް ސާބިތުކަމާއެކު މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

"އެންމެ މުހިންމު ބަޔަކީ ހިންގުން، ހިންގުން ރަނގަޅުކުރެވިއްޖެ ނަމަ، މާލީ އަދި އިގްތިސާދީ މާހައުލަށް މުޅިން ރަނގަޅުވެ، މާލީ ބާޒާރަށް ހަމަޖެހުން ގެނެސް، ގައުމުގެ އިގްތިސާދީ އަދި މާލީ ކުރިއެރުމަށް މަގުފަހިވެގެންދާނެ،" އޭސް ގްރޫޕް އޮފް ކޮމްޕެނީސް، ޗީފް އެގްޒެކެޓިވް އޮފިސަރު ރާޝިދު އަޝްރަފް ވިދާޅުވި އެވެ.

އެކްސްޕްރެސް ޓްރިބިއުނަށް ދެއްވި އިންޓަވިއުއެއްގައި އަޝްރަފް ވިދާޅުވީ ޕާކިސްތާނުގެ ފިޒިކަލް ބޯޑަރުތަކާއި ކްރޮސިން ޕޮއިންޓްތައް ރައްކާތެރިކުރުމަށް ޒަމާނީ ސަވައިލަންސް ޓެކްނޮލޮޖީތަކާއި ޓެކްނޮލޮޖީތައް ބޭނުންވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!