ދައުލަތުން ވަނީ މި މައްސަލާގައި އާފިޔާ ކުށަށް އިއުތިރާފުވެފައިވާކަން ފާހަގަކޮށްފައެވެ. ފަނޑިޔާރަކާއި ވަކީލެއްގެ ހާޒިރުގައި އާފިޔާ ވެފައިވާ އިއުތިރާފަކީ ގަޟާއީ އިއުތިރާފެއް ކަމަށާއި ގާނޫނީ ހަމަތަކުން ބަލާއިރު، އާފިޔާގެ އެ އިއުތިރާފަށް ރުޖޫއު ނުވެވޭނެ ކަމަށްވެސް ދައުލަތުން ބުންޏެވެ.
ނަފްސާނީ ޑޮކްޓަރުންގެ ރިޕޯޓުތަކަށް ބަލާއިރުވެސް އާފިޔާއަކީ ހަމަ ބުއްދި ފިލައިގެންދާ ވަރުގެ އެއްވެސް ބައްޔެއް ހުންނަ މީހެއް ނޫންކަން ސާބިތުވާ ކަމަށާއި އާފިޔާގެ ވިސްނުމުގެ ތޫނުފިލި ކަމާއި، ކަންކަން ދެނެގަތުމުގެ ގާބިލިއްޔަތުކަން އާދައިގެ އެހެން އިންސާނުންނެކޭ އެއް ހަމައެއްގައި ހުރި ކަމަށް ނަފްސާނީ ޑޮކްޓަރުންނާއި ހަވާލާދީ ދައުލަތުން ބުންޏެވެ.