ޚަބަރު

ކޮވިޑް-19: ހުތުބާ އާއި ހުކުރު ނަމާދު ކުރު ކުރަން އަންގައިފި

ދެން އެމްވީ ، ދެން އޮންލައިން

ހުތުބާ ކުރުކޮށް، ހުކުރު ނަމާދުގައި ކުރު ސޫރުތްޔައް ކިިޔަވަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

Ads by STELCO

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ބައެއް މީޑިއާތަކަށް ވިދާޅުވީ ހުކުރު ނަމާދުތައް ކުރުކުރަން އަންގާފައި ވާނީ މީހުން އެއްވެ އުޅުން ވީހާވެސް ބޮޑަށް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ.

އެގޮތުން އެނަމާދު ކުރުކުރުމުގެ ގޮތުން އާންމުކޮށް ކިޔަވަމުން އަންނަ ސޫރަތްތަކަށްވުރެ ކުރު ސޫރަތްތަށް ކިޔެވުމާއި، ހުތުބާ އެހެން ހަފްތާތަކަށްވުރެ ކުރުކުރުމަށް އަންގާފައި ވާނޭ ކަމަށް އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

އިސްމައިލް އިތުރަށް ވިދާޅުވީ އެ މިނިސްޓްރީ އިން ނިންމާފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ހުކުރު ނަމާދުތައް ކުރުކުރުމަށް ކަމަށެވެ.

"އެއްވެސް މުއްދަތެއް ނެތް ގޮތަށް ނަމާދު ކުރުކުރުމަށް އަޅުގަނޑުމެން މިހާރު ވާނީ އަންގައިފައި. އެހެން ނަމަވެސް ގައުމުގައި މިހާރު މިއޮތް ހާލަތު ބަދަލުވެ އާންމު ހާލަތަށް ރުޖޫއަ ވުމުން އަޅުގަނޑުމެން އަލުން އާންމުކޮށް ކުރާ ދިގުމިނުގައި ހުކުރު ނަމާދު ކުރުމަށް އަންގާނަން" އިސްމާއިލް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު މި ބައްޔަށް ފައްސިވެފައި ތިބި އަށް މީހަކު އެބަތިއްބެވެ. އެކަމާއި ގުޅިގެން ސްކޫލްތައް ހުޅުވުންވެސް ވަނީ ވަގުތީގޮތުން މަޑުޖައްސާލާފައެވެ. ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ވިދާޅުވަމުން އަންނަ ގޮތުގައި މިހާރު މިއޮތް ހާލަތުން އަދި ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑެވެ. އެހެން ނަމަވެސް ކޮންޓްރޯލް ނުކުރެވި މި ބަލި ފެތުރިގެން ގޮސްދާނެ ކަމަށްވެސް ގައުމު އޮތީ ތައްޔާރަށް ކަމަށް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!