ދުނިޔެ

އުތުރު ކޮރެއާގެ މެސެޖެއް ޗައިނާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އުތުރު ކޮރެއާގެ ގިނަ އަދަދެއްގެ ރައްޔިތުން މަޖުބޫރުކޮށްގެން އަނބުރާ ގައުމަށް ފޮނުވާލުމާ ގުޅިގެން ދެކުނު ކޮރެއާއިން ޗައިނާއަށް އިހުތިޖާޖުކޮށްފައިވާ ކަމަށް ދެކުނު ކޮރެއާއިން ބުނެފިއެވެ.

Ads by WAMCO

ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓްރީގެ ތަރުޖަމާނު ކޫ ބްޔޮންގް-ސޭމް މީޑިއާ ބްރީފިންއެއްގައި ވިދާޅުވީ އުތުރު ކޮރެއާގެ ރައްޔިތުން މަޖުބޫރުކޮށް އަނބުރާ ގައުމަށް ފޮނުވާލުމަކީ ބައިނަލްއަގްވާމީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށާއި ދެކުނު ކޮރެއާއިން ދެކޭ ގޮތުގައި އެއީ ހިތާމަހުރި ކަމެއް ކަމަށެވެ.

"ޗައިނާގެ އިރުއުތުރުގެ ތިން ޕްރޮވިންސްގައި ތިބި އުތުރު ކޮރެއާގެ ގިނަ އަދަދެއްގެ މީހުން އުތުރު ކޮރެއާއަށް އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަން އެއީ ހަގީގަތެއް ކަމަށް ފެންނަނީ،" ކޫ ވިދާޅުވި އެވެ.

ސައުތު ކޮރެއާއަށް މިކަމުގައި ޝާމިލުވާ މީހުންގެ އަދަދާއި އެމީހުންގެ ތެރޭގައި ޑިފެކްޓަރުން ތިބިކަން ދެނެގަނެވިފައެއް ނުވެއެވެ.

"ސައުތު ކޮރެއާ ގެ ސަރުކާރުން އެކަމާ ހިތާމަކުރާ ކަމަށާއި ޗައިނާގެ ފަރާތުން ސީރިއަސް ގޮތެއްގައި މި މައްސަލަ ހުށަހެޅީ އަޅުގަނޑުމެންގެ ސްޓޭންޑަށް ބާރު އަޅަމުން،" އޭނާ ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!