ދުނިޔެ

މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ އަގުގެ ކަންބޮޑުވުން ބޮޑު: ޖީ-20 ގެ ޗެއާ އިންޑިއާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މެދުއިރުމަތީގައި ދާދި ފަހުން އުފެދިފައިވާ ކާރިސާގެ ސަބަބުން ތެލުގެ އަގަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ކުރިއަރަމުން އަންނަ މާކެޓުގެ ގިނަ ގައުމުތަކުން ކަންބޮޑުވާ ކަމަށް އިންޑިއާގެ ފިނޭންސް މިނިސްޓަރު ހުކުރު ދުވަހު ވިދާޅުވީ، ޖީ-20 ގެ މާލީ ލީޑަރުން މަރަކެޗްގައި ބޭއްވި މަޝްވަރާތަކުގެ ތަފްސީލް ދެއްވަމުންނެވެ.

Ads by Sosun Fihaara

އިޒްރޭލާއި ހަމާސްގެ މައްސަލައަށް އިޝާރާތް ކުރައްވައި މިނިސްޓަރު ނިރްމަލާ ސިތާރަމަން ވިދާޅުވީ މެދުއިރުމަތީގައި ދާދި ފަހުން އުފެދިފައިވާ ނުތަނަވަސްކަމާއި އަނެއްކާވެސް ތެޔޮ އަނބުރާ އަތުވެދާނެ ކަމުގެ ކަންބޮޑުވުންތަކަކީ ގިނަ ގައުމުތަކުން ހިފަހައްޓަމުން އަންނަ ކަންބޮޑުވުމެއް ކަމަށާއި އެ ގައުމުތަކުން ވެސް އެކަން ފާޅުކޮށްފައިވާ ކަމަށެވެ.

ޖީ-20 ގެ މާލީ ލީޑަރުން ބައްދަލުކުރައްވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއި ވޯލްޑް ބޭންކުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގަ އެވެ. އަންނަ ނޮވެމްބަރު މަހު ހަމަވާ ޖީ-20ގެ ރޮޓޭޓިން ޕްރެޒިޑެންސީ އޮތީ އިންޑިއާ އަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!