ދުނިޔެ

2050 ގެ ކުރިން ތަރައްގީވެފައިވާ ގައުމުތައް "ކާބަން ނެގެޓިވް" ވުމަށް އިންޑިއާއިން ބާރު އަޅާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ ސަރުކާރުގެ ދެ މަސްދަރަކުން ބުނި ގޮތުގައި 2050 ވަނަ އަހަރު އަންނަންވާއިރަށް ކުރިއަރާފައިވާ ގައުމުތައް ކާބަން ނިއުޓްރަލް ވުމުގެ ބަދަލުގައި ކާބަން ނެގެޓިވް ވުމަށް ބާރު އެޅުމަށް އިންޑިއާ އިން ބޭނުންވަނީ ކުރިއަރަމުން އަންނަ ބާޒާރުގެ އިގްތިސާދުތަކަށް ތަރައްގީގެ ބޭނުންތަކަށް ފޮސިލް ފިއުލް ބޭނުން ކުރުމަށް އިތުރު ވަގުތު ލިބިގެންދާނެ ކަމަށް ބުނެ އެވެ.

Ads by Sosun Fihaara

ކޯލް އާއި އެހެނިހެން ފޮސިލް ފިއުލް އަމިއްލައަށް ބޭނުންކުރުން ހުއްޓާލުމަށް ކަނޑައެޅިފައިވާ ސުންގަޑިއަކަށް ވައުދުވުމަށް ގޮވާލާ ގޮވާލުންތަކާ ދެކޮޅު ހަދަމުން އަންނަ އިންޑިއާއިން މި އަހަރުގެ ފަހުކޮޅު ދުބާއީގައި ބާއްވާ ކޮޕް 28 ކްލައިމެޓް ސަމިޓުގައި ހުށަހަޅަން ނިންމައިފި އެވެ.

"މުއްސަނދި ގައުމުތައް 2050 ގެ ކުރިން ނެޓް ނެގެޓިވް އެމިޓާސްއަކަށް ވާން ޖެހޭނީ އެ އަހަރުގެ ކުރިން ދުނިޔޭގެ ނެޓް ޒީރޯގެ އަމާޒަށް ވާސިލްވުމަށް މަގުފަހިކޮށްދީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ލިބެން ހުރި ގުދުރަތީ ވަސީލަތްތައް ކުރިއެރުމަށް ބޭނުން ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން،" ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ އަދި ޖަޕާން ފަދަ ކުރިއަރާފައިވާ ގައުމުތަކުން އަމާޒު ހިފާފައިވަނީ 2050 ވަނަ އަހަރާ ހަމައަށް ނެޓް ޒީރޯ އަށެވެ. ޗައިނާއިން 2060 ވަނަ އަހަރު ނެޓް ޒީރޯއަށް ވައުދުވެފައިވާއިރު، އިންޑިއާއިން ވަނީ 2070 ވަނަ އަހަރުގެ ކުރިން އެ އަމާޒަށް ވާސިލުވުމަށް ވައުދުވެފައެވެ.

ނެޓް ޒީރޯ ނުވަތަ ކާބަން ނިއުޓްރަލިޓީގެ މާނައަކީ އެއްވެސް ހަރަކާތެއްގެ ޒަރިއްޔާއިން ޖައްވަށް ދޫކުރާ ކާބަން ޑައިއޮކްސައިޑްގެ މިންވަރު އިތުރު ހަރަކާތަކުން އޮފްސެޓްކޮށް، އެއަދަދަށް މިންވަރެއް ނައްތާލުމެވެ. ކާބަން ނެގެޓިވް އަކީ ކުރިއަށް އެޅޭ ފިޔަވަޅެއް ކަމަށާއި ޖައްވަށް ބޭރުކުރާ މިންވަރަށް ވުރެ ގިނައިން ކާބަން 2 ޖައްވަށް ނައްތާލަން ޖެހެ އެވެ.

ކޮޕް 28 ގެ މަޝްވަރާތައް ކުރިއަށް ގެންދަނީ މޫސުމާ ގުޅުންހުރި ނުރައްކާތެރި ހާދިސާތަކުގެ ސަބަބުން ހޫނުގަދަވެ މޫސުން ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!