ދުނިޔެ

އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރ ވެސް ކޮވިޑަށް ވައިރަހަށް ފައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރ އަދި ކޮންޒަރވެޓިވް މެމްބަރ ނަޑައިން ވެނެއްސާ ޑޮރީސް، މިހާރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އަށް ފައްސިވެއްޖެއެވެ.

Ads by Sosun Fihaara

މިނިސްޓަރ ޑޮރީސް ވިދާޅުވީ އޭނާ މިހާރު ހުންނެވީ އަމިއްލަ ގޭގައި އެންމެންނާއި ވެސް އެކަހެރިވެގެން ކަމަށެވެ. ނަމަވެސް އެޤައުމުގެ ލޭބަރ މެމްބަރު ރޭޗަލް މާސްކެލް ޑޮރީސް އާއި ބައްދަލު ކޮށްފައިވާތީ، މިހާރު މާސްކެލް ވެސް ހުރީ އެހެން ރައްޔިތުންނާއި އެކަހެރި ވެގެންނެވެ.

އިނގިރޭސިވިލާތުގެ ޑިޕާޓްމެންޓް އޮފް ހެލްތުން ބުނީ، ކޮވިޑް 19 ހުރުމުގެ އަލާމާތްތައް ޑޮރީސް ގެ ގައިން ފެންނަން ފެށީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އެދުވަހު އޭނާވަނީ ޕްރައިމް މިނިސްޓަރ ބޭއްވި އިވެންޓަކަށް ވެސް ގޮސްފައެވެ.

އިނގިރޭސިވިލާތުގައި މިހާރުވެސް ކޮވިޑް 19 ގެ 382 ކޭސް އެއް ފެނިފައިވާއިރު ހަ މީހުން ވަނީ މިބަލީގައި މަރުވެފައެވެ. އެނގިފައިވާ ގޮތުގައި އެޤައުމުން އެންމެ ފަހުން މިބަލީގައި މަރުވީ، ސިއްޙީ ގޮތުން ކުރިންވެސް މައްސަލަތަކެއް ހުރި އުމުރުން 80 އަހަރުގެ ފިރިހެނެކެވެ.
އިނގިރޭސިވިލާތުން މިބަލީގައި އެންމެ ފުރަތަމަ މަރުވެފައިވަނީ އުމުރުން 53 އަަހަރުގެ އަންހެނެކެވެ. އޭނާ މަރުވީ އިންޑޮނޭޝިއާގައެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި އިނގިރޭސިވިލާތުގެ ސަރުކާރުން މިހާރުދަނީ މަރުވި އެއަންހެންމީހާގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނަމަވެސް ކޮވިޑް 19 ގެ ސަބަބުން އިނގިރޭސިވިލާތުގެ އިޤްތިސާދަށް ވެސް އަސަރު ކޮށްފާނެކަމުގެ ބިރު އެބައޮތްކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!