ދުނިޔެ

ބަންގްލަދޭޝްގެ އިޤްތިޞާދު އޮތީ ރަނގަޅު މިސްރާބެއްގައި: އައިއެމްއެފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މެކްރޮއިކޮނޮމިކް ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އަޅަމުންދާ ތަފާތު ފިޔަވަޅުތައް ފާހަގަކޮށް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވަނީ ބަންގްލަދޭޝްގެ އިގްތިސާދު އޮތީ ރަނގަޅު މަގަށް ކަމަށް ފާހަގަކޮށްފަ އެވެ.

Ads by Sosun Fihaara

އައިއެމްއެފްގެ އޭޝިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓް (އޭޕީޑީ)ގެ ޑިރެކްޓަރު ކްރިޝްނާ ސްރީނިވާސަން ހުކުރު ދުވަހު ވިދާޅުވީ، މި ޕްރޮގްރާމްގެ މަގްސަދު ހާސިލްކުރުމާއި އިންފްލޭޝަން ކޮންޓްރޯލް ކުރުމާއި ދުނިޔޭގެ އުނދަގޫ މާހައުލަށް ބަލާއިރު މެކްރޮއިކޮނޮމިކް ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން އިގްތިސާދު އޮތީ ރަނގަޅު މަގަށް ކަމަށެވެ.

އައިއެމްއެފްގެ ޑިރެކްޓަރު މިހެން ވިދާޅުވީ ވޯލްޑް ބޭންކް ގްރޫޕާއި އައިއެމްއެފްގެ އަހަރީ ބައްދަލުވުންތަކުގެ ތެރެއިން "އިކޮނޮމިކް އައުޓްލުކް ފޯ އޭޝިއާ ޕެސިފިކް" ގެ ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކްރިޝްނާ ޝްރިނިވާސަން ވިދާޅުވީ މެކްރޮއިކޮނޮމިކް ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން ބޮޑެތި ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

"އިންފްލޭޝަން ދަށް ކުރުމަށް ޓަކައި މަނިޓަރީ ޕޮލިސީ ހަރުކަށި ކޮށްފައި އެބަހުރި. އެއަށްވުރެ ފްލެކްސިބަލް އެކްސްޗޭންޖް ރޭޓަކަށް އެމީހުން ވަނީ ފުރުސަތު ދީފައި،" އޭނާ ވިދާޅުވި އެވެ.

ތަރައްގީގެ މަގްސަދުތަކާއި އުމްރާނީ މަގްސަދުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އާމްދަނީ ހޯދުން އިތުރުކުރުމަށް ސްރީނިވާސަން ވަނީ އަލިއަޅުއްވާލައްވާފައެވެ.

އަދި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކާރިސާގެ ސަބަބުން ބަންގްލަދޭޝް ހިމެނޭ ގޮތަށް މި ސަރަހައްދުގެ ކޮންމެ ގައުމަކަށް ވެސް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އަދި ކުރިއެރުން އިތުރުކުރުމަށާއި އިޞްލާޙުތައް ގެނައުމަށް ޤައުމުތަކުން ކުރާ މަސައްކަތް ތައް ދެގުނަކުރަންޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ސަރުކާރުގެ އާމްދަނީގެ ރޭޝިއޯ ދަށް މިންވަރަކުން މަތިކުރުމުން، ދައުލަތުގެ ދަރަނި ހިފެހެއްޓުމުގެ އިތުރުން ތައުލީމާއި އުމްރާނީ ތަރައްގީ ފަދަ މުހިންމު ބޭނުންތަކަށް އިތުރު ޚަރަދުތަކެއް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ކުރިއަށް އޮތް އަހަރުތަކުގައި އޭޝިއާގެ އިޤްތިޞާދީ ވިސްނުމަށް މަލްޓިލޭޓަރަލް އަދި ސަރަޙައްދީ އެއްބާރުލުން އިތުރަށް ހަރުދަނާކޮށް، ޖިއޯ-އިކޮނޮމިކް ބައިބައިވުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެކަމަށްޓަކައި، މި ސަރަޙައްދުގެ އެކި ކަންކޮޅުތަކުގައި ބޭރުގެ އަދި އެތެރޭގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށްޓަކައި، ނޮންޓެރިފް ވިޔަފާރީގެ ހުރަސްތައް ކުޑަކޮށް، ކަނެކްޓިވިޓީ އިތުރުކޮށް، ވިޔަފާރީގެ މާހައުލު ތައް ރަނގަޅުކުރުމަށް ގެންނަންޖެހޭ އިޞްލާޙުތަކަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!