ދުނިޔެ

އުއިގުރޫ މުސްލިމުންނަށް ޗައިނާއިން އަޅު މަސައްކަތް ކުރުވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ހުޅަނގު ދެކުނުގެ ޝިންޖިއާންގެ ކެރިޔޭ ޖަލުގައި ތިބި އެތައް ސަތޭކަ އުއިގޫރު ގައިދީންނަށް ދަނޑުތަކުގައި ދުވާލަކު 12 ގަޑިއިރާއި 14 ގަޑިއިރު މަސައްކަތް ކުރަން މަޖުބޫރުވަނީ ޖަލުގެ މިލްކިއްޔާތުގައި އޮންނަ 1650 އޭކަރުގެ ދަނޑުބިން ކުއްޔަށް ހިފައިގެން އުޅޭ ހާން ޗައިނާގެ ވިޔަފާރިވެރިންގެ މަންފާއަށް ނުވަތަ މަސައްކަތްތެރިންގެ ޒަރިއްޔާއިން ގައިދީން އިސްލާހު ކުރުމަށް ކަމަށް ރޭޑިއޯ ފްރީ އޭޝިއާ އިން ރިޕޯޓްކުރެ އެވެ.

Ads by WAMCO

ކެރިއޭ ޖަލުގެ މި ގައިދީން ދުވާލުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރަން ޖެހެނީ ޖުޖުބެސް ނަމަކަށް ކިޔާ ރަތް ކަދުރުގެ ބޮޑު ދަނޑުތަކުގައި ކަމަށް ޖަލުގެ މުވައްޒަފަކާއި ގާޑަކު ބުނެ އެވެ.

މީގެ އިތުރުން ޗައިނާ ބަހުން ލާއޯ ގާއީ ނޮންގް ޗަންގް ނަމަކަށް ކިޔާ މި ފާމަށް ކިޔަނީ "ރީ އެޑިއުކޭޝަން ތްރޫ ލޭބާ ފާމް" އެވެ.

އެމީހުން ބޭނުންވަނީ މި ބޮޑެތި ދާއިރާތަކުގައި މަސައްކަތްތެރިންގެ ޒަރިއްޔާއިން ގައިދީން ފިކުރީ ބަދަލުތަކެއް ގެނައުމަށް،" ޖަލުގެ މުވައްޒަފު ބުންޏެވެ.

ހަތިޔާރު އެޅި ގާޑުންގެ ބެލުމުގެ ދަށުގައި ގައިދީން ދަނޑުތަކަށް ދާން ޖެހޭއިރު، އޯވަސަޔަރުން ރަތް ކުލައިގެ ވެސްޓް އަޅައިގެން އަދި ފުލުހުންގެ ކުއްތާތައް ހިފައިގެން ތިބޭ މީހުން މޮނިޓާ ކުރަން ޖެހޭނެ ކަމަށް ދެ މީހުން ބުންޏެވެ.

މީގެ އިތުރުން، މި ހަތިޔާރު އެޅި ސިފައިން މަސައްކަތުގެ ސަރަހައްދު ވަށާލާފައިވާއިރު، ބައެއް ސިފައިން ވަނީ ގައިދީން އެތަނުން ފިލައިގެން ނުދިއުމަށް ޓަކައި އަސްދުއްވާފައެވެ.

އުއިގޫރަށް ނިސްބަތްވާ އަދި ނުވަ އަހަރު ވަންދެން ޖަލުގައި މަސައްކަތް ކޮށްފައިވާ ޖަލުމުވައްޒަފަކު ބުނި ގޮތުގައި ދުވާލު ގައިދީން ގަދަކަމުން މަސައްކަތަށް ނެރެ، ރޭގަނޑު އެމީހުންގެ ގޮޅިތަކަށް އެނބުރި އަންނަ ތަން ފެނުނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!