ދުނިޔެ

ގްވާދާރު ސަރަޙައްދު ބަންދުކުރުމާގުޅިގެން ފެނުގެ ދަތިކަން ކުރިމަތިވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ބަނދަރު ސިޓީ، ގްވާދާރަށް ބޯފެނުގެ ދަތިކަން ކުރިމަތިވީ، މިހާރުގެ ހާލަތަށް ސަމާލުކަން ދިނުމުގެ ގޮތުން ރައްޔިތުން މުޅިން ބަންދުކުރަން ނިންމުމުން ކަމަށް ދަ ނޭޝަން އިން ބުނެފި އެވެ.

Ads by WAMCO

ފެނުގެ ދަތިކަމުގެ ސަބަބުން އެ ސިޓީއަށް މިފަދަ ޒަރޫރީ ދަތިތަކާ ކުރިމަތިލާން ނުކުޅެދުންތެރިކަން ވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފައެވެ.

"ދަ ނޭޝަން" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މުޅި ހަފުތާއެއްހާ ދުވަސް ވަންދެން ގްވާދާރުގެ ރައްޔިތުން ފެނުގެ ދަތިކަން ކުރިމަތިވެފައިވާއިރު، އެހީއަށް އެދި އެމީހުންގެ ރުއިމުގެ އަޑު ބީރު ކަންފަތަށް ވެއްޓުނު ހެން ހީވިއެވެ. ސިޓިޒަން ކޮމިޓީ ގްވާދާރުން ގޮވާލި ޝަޓާޑައުން ހަޅުތާލުގެ ސަބަބުން ވިޔަފާރިތަކާއި ފިހާރަތަކާއި ބޭންކުތައް ވަނީ ބަންދުކޮށްފަ އެވެ. މި ހަރުކަށި ފިޔަވަޅަކީ، ނުއަޑުއިވޭ މުޖުތަމަޢެއްގެ އެންމެ ފަހު ފިޔަވަޅެވެ.

އެ ޕަބްލިކޭޝަނުން ބުނީ އެ ސަރަހައްދުގައި އެކަށީގެންވާ ފެނުގެ ވަސީލަތްތައް ހުރި ނަމަވެސް އެ ސިޓީގެ ހާލަތު ވަށާލާފައިވާ ކަމަށެވެ. ގްވާދާރު ފެނުގެ މައްސަލަ އުފެދުނީ ޑީޖީ ގްވާދާރު ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ޕަބްލިކް ހެލްތު އިންޖިނިއަރިންގެ އޮފިޝަލުންނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ގުޅިގެން ނެވެ.

ބޯޑަރު ސަރަހައްދުތަކުގައި ކަރަންޓު ގެނައުމުގެ މައްސަލައަކާ ގުޅިގެން ތުރުބަތުގައި ބޭއްވި އިހުތިޖާޖާ އިދިކޮޅަށް މި މައްސަލަ ދިމާވުމަކީ ހާލަތުގެ ސީރިއަސްކަން އިތުރުކޮށްދޭ ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!