ޚަބަރު

ކޮވިޑް-19އާ ގުޅިގެން ކައުންސިލް އިންތިހާބު ފަސްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް-19 ފެނުމާ ގުޅިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލް އިންތިހާބު އަންނަ މަހުގެ 18 އަށް ފަސްކޮށްފިއެވެ.

Ads by STELCO

އިލެކްޝަންސް ކޮމިޝަން (އީސީ) ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބު ފަސް ކުރަން ނިންމެވީ ކޮވިޑް-19 އާ ގުޅިގެން މިހާރު ގައުމުގައި އޮތް ހާލަތު ބެލުމަށް ފަހު ކަމަށެވެ. އަދި އިންތިޚާބު ބާއްވަން ކަނޑައެޅި ތާރީޚަކީ (އަންނަ މަހު 18) އަކީ ގާނޫނުގެ ތެރެއިން އެކަން ކުރަން ލިބޭ އެންމެ ފަހު ތާރީޚް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިހާރު ކަނޑައެޅި ތާރީޚަށް ވުރެ ފަސްކުރާނަމަ އެކަން ކުރެވޭނީ ހައި ކޯޓުން ނެރޭ އަމުރަކުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށެވެ.

އިންތިޚާބުގެ މަސައްކަތްތަކާއި ގުޅިގެން ޝަރީފް ވިދާޅުވީ މިވޯޓު ކަރުދާސް ޗާޕްކުރުމާއި ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި ޑިސްޕެޗް ކުރުން ފިޔަވާ އެހެން ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ.

އިންތިޚާބު ފަސްކުރަން އީސީއިން މިއަދު ނިންމިއިރު ސަރުކާރުގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓާއި ޖުމްހޫރީ ޕާޓީގެ އިތުރަށް އިދިކޮޅު ޕީޕީއެމުން ވެސް ވަނީ އިންތިޚާބު ފަސްކުރަން އެދިފައެވެ.ސަރުކާރު ހިންގާ މައިޕާޓީ ، އެމްޑީޕީގެ މެމްބަރުންގެ މެދުގައި އެކަމުގައި ވަނީ ޚިޔާލު ކަފިވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!