ޚަބަރު

ކައުންސިލް އިންތިހާބު ފަސްކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 މިހާރު ރާއްޖެއިން ވެސް ފެނުމާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސް ކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކަމާއިބެހޭ ފަރާތްތަކަށް ގޮވާލައިފިއެވެ.

Ads by Hajj Corporation

މިކަން އިއުލާނު ކުރައްވާ އެކޯލިޝަނުން މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް އެއްބާރުލުން ދެއްވާ، ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަންދެއްވާ 4 އޭޕްރިލް 2020 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސް ކޮށްދެއްވުމަށް ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

ކޮވިޑް 19 ރާއްޖޭގައި ވެސް މިހާރު ފެތުރެމުން ދިޔުމުގެ ސަބަބުން، ރާއްޖޭގައި ފުރަތަަމަ ފަހަރަށް ރާއްގޭޖެ ހުރިހާ ސަރަޙައްދަކަށް 30 ދުވަހުގެ މުއްދަތަކަށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު ވަނީ ސަރުކާރުން އިއުލާނު ކުރައްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!