ޚަބަރު

ޖަޕާން ސަރުކާރުގެ އެހީގައި މަސްތުވާތަކެތި ޓެސްޓު ކުރެވޭ ކިޓް ހަދިޔާކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ޖަޕާން ސަރުކާރުގެ އެހީގައި ޔޫއެންއޯޑީސީގެ ފަރާތުން ދިވެހި ފުލުހުންނަށް ޑްރަގް އަދި ޕްރިކަސަރ ފީލްޑް ޓެސްޓް ކިޓް ހަދިޔާކޮށްފިއެވެ.

Ads by MWSC

އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެ ވަޑައިގަތީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފްއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ.

ފުލުހުން ބުނީ ޖަޕާން ސަރުކާރުގެ އެހީގައި ހަދިޔާކުރި ޑްރަގް އަދި ޕްރިކަރސަރ ފީލްޑް ޓެސްޓް ކިޓުތަކަކީ، މަސްތުވާތަކެތި ދެނެގަތުމަށްޓަކައި ބޭނުންވާ ރިއެޖަންޓް ޓޫލްސް ހިމެނިގެންވާ ވޯޓަރ ރެސިސްޓަންޓް ކިޓުތަކެއް ކަމަށެވެ.

އެގޮތުން މިއީ ފުރަތަމަ މަރުހަލާއިން މަސްތުވާތަކެތި ދެނެގަތުމަށްޓަކައި އެހީތެރިވެދޭނެ ކިޓުތަކެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި ކިޓުތަކުގެ އެހީގައި، މަސްތުވާތަކެތީގެ ބާވަތްތަކާއި އެކުލެވިގެންވާ މާއްދާތައް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދެނެގަނެވޭނެ ކަމަށް ފުލުހުން ހާމަކުރެއެވެ.

މީގެ އިތުރުން މި ޓެސްޓް ކިޓުތަކުގެ ސަބަބުން ފްރޮންޓްލައިން އޮފިސަރުންގެ މަސައްކަތްތައް ފަސޭހަވެގެންދިއުމާއި ފީލްޑް އޮފިސަރުންނަށް ކްރައިމް ސީންގައި ހުންނަ ޝައްކުކުރެވޭ ތަކެތި ފަސޭހަކަމާއެކު ދެނެގަނެވޭނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ޑްރަގް އަދި ޕްރިކަރސަރ ފީލްޑް ޓެސްޓް ކިޓު ތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ހެޑް އޮފް ކޮމިޝަނަރސް ބިއުރޯ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސަބާހް، ހެޑް އޮފް ކްރައިމް ސީން އިންވެސްޓިގޭޝަން ޑިޕާޓްމަންޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުސްތާޤް މުހައްމަދު، ހެޑް އޮފް އެވިޑެންސް ކޮންޓްރޯލް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ މޫސާގެ އިތުރުން ޔޫއެންއޯޑީސީ މާލޭ އޮފީހުގެ ހެޑް އެންރިކޯ ބޮނެންސީނާ ބައިވެރިވެލެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!