ދުނިޔެ

އަފްގާނުން ޕާކިސްތާނަށް ދިޔަ 5000 މީހުން ޑީޕޯޓްކޮށްލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގައި ތިބި އަފްޣާނިސްތާނުގެ ހިޖުރަވެރިން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރިއަށް ގެންދަވަމުން ބަލޫޗިސްތާން ޕްރޮވިންސްގެ އޮފިޝަލުން ވިދާޅުވީ ފާއިތުވި 15 ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގެ 5،000 ހިޖުރަވެރިން އެނބުރި އަފްޣާނިސްތާނަށް ގޮސްފައިވާ ކަމަށެވެ.

Ads by WAMCO

ޕާކިސްތާނުގެ މީޑިއާތަކުން އާދީއްތަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހިޖުރަވެރިން އެނބުރި ގައުމަށް ގޮސްފައިވަނީ ޗަމަން-ސްޕިން ބޯލްޑަކް ބޯޑަރު ހުރަސްކޮށްގެންނެވެ.

ޕާކިސްތާނުގައި ތިބި އަފްޣާނިސްތާނުގެ ރެފިއުޖީން ތުހުމަތު ކުރަނީ ޕާކިސްތާނުގެ އަސްކަރިއްޔާއިން އެމީހުންގެ ގެދޮރު ހަލާކުކޮށްލަނީ އެމީހުން ގައުމު ދޫކޮށް ދާން މަޖުބޫރު ކުރުވުމުގެ ގޮތުން ކަމަށެވެ. ދިގު މުއްދަތަކަށް ދިރިއުޅެމުން އަންނަ މި މީހުން މިހާރު ދަނީ އެހީއަށް އެދި ރެފިއުޖީން ވަކާލާތުކުރާ ފަރާތްތަކާ ދިމާލަށް އެނބުރެމުންނެވެ. ޕާކިސްތާނަށް ނިސްބަތްވާ އަފްޣާނިސްތާނުގެ ރެފިއުޖީއެއް ކަމަށްވާ ހާޖީ ނަޒަރު ބުނި ގޮތުގައި ފާއިތުވި ދެ ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގެ ފެމިލީ ކޭމްޕްތައް ވަރަށް އަނިޔާވެރިކޮށް ތަޅާލާފައިވާ ކަމަށާއި އެއީ އެ ގެތަކުގައި ދިރިއުޅޭ އަންހެނުންނާއި ކުޑަކުދިންނަށް ބެލުމެއް ނެތި ކަމަށް ބެލެވޭ ކަމަށެވެ.

އަނެއްކޮޅުން ޕާކިސްތާނުގައި ހުންނަ އަފްޣާނިސްތާނު ރެފިއުޖީންގެ ކައުންސިލްގެ ވެރިޔާ މީރު އަހްމަދު ރައޫފް ވަނީ އިސްލާމްއާބާދުގެ ބީ-17 އާއި ކަރާޗީ ގެ އިތުރުން ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި އަފްޣާނިސްތާނުގެ ގެތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަފްޣާނިސްތާނުގެ ރެފިއުޖީންގެ އަމިއްލަ ސާމާނު ހިފަހައްޓަމުން ދަނީ ހަމައެކަނި ގެތައް ތަޅާލުމުގެ އިތުރުން، ސަރުކާރުގެ ފަރާތުން އެމީހުންނަށް ކުރިމަތިވެފައިވާ ހިތާމަވެރި ގޮންޖެހުންތައް ދައްކުވައިދޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ ކުރިން ތާލިބާނުންގެ މިނިސްޓްރީ އޮފް ރެފިއުޖީސް އެންޑް ރިޕެޓްރިއޭޝަންސް އިން ވަނީ ޕާކިސްތާނުގައި ތިބި އަފްޣާނިސްތާނުގެ 820 ބިދޭސީ އާއިލާ، މަޖުބޫރުކޮށް އަދި އަމިއްލަ އިހުތިޔާރުގައި އެނބުރި ގައުމަށް ފޮނުވާލާފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.

ޕާކިސްތާނުގެ ދާޚިލީ ވުޒާރާއިން ވަނީ އަފްޣާނިސްތާނުގެ ހިޖުރަވެރިން ހިމެނޭގޮތަށް، އެކަށީގެންވާ ޤާނޫނީ ލިޔެކިޔުމެއް ނެތި، އޮކްޓޫބަރު މަސް ނިމުމުގެ ކުރިން އެޤައުމުން ބޭރަށް ދާން ޖެހޭނެކަމުގެ އިންޒާރު ދީފައެވެ. އެހެންނޫންނަމަ، އެބައިމީހުން ބޭރުކުރުމާ ކުރިމަތިލާން ޖެހިދާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!