ދުނިޔެ

ވެކްސިންއާ ނުލާ ބާޑް ފްލޫ ނައްތާލަން އިންޑިއާއިން ނިކުންނަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހައިލީ ޕެތޮޖެނިކް އެވިއަން އިންފްލުއެންޒާ (އެޗްޕީއޭއައި) ނުވަތަ "ބާޑް ފްލޫ" ވެކްސިން ބޭނުން ނުކޮށް ނައްތާލުމުގެ ގޮތުން އިންޑިއާއިން ވަނީ ވައިރަހާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ޕްރޮޓޮކޯލްތަކެއް ގެންގުޅެފަ އެވެ. މިމަސައްކަތުގައި ޤައުމަށް ކާމިޔާބު ލިބިފައިވާއިރު، މިގޮތަށް އެޗް.ޕީ.އޭ.އައި އިން ހިލޭ 26 ކުކުޅު ދަނޑު ވަނީ ހަދާފައެވެ. އަދި އިތުރު 10 ކުކުޅު ދަނޑުވެސް ދޫނި ރޯގާއިން ސަލާމަތްވެފައިވާ ކަމަށް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.

Ads by WAMCO

ބައިނަލްއަގުވާމީ ރެގިއުލޭޓަރީ އޭޖެންސީ، ވޯލްޑް އޯގަނައިޒޭޝަން ފޯ އެނިމަލް ހެލްތުން ދާދި ފަހުން ވަނީ އިންޑިއާގެ މަސައްކަތްތަކަށް ރުހުން ދީފަ އެވެ. "މި ކާމިޔާބީއަކީ ޖަނަވާރުންގެ ސިއްހަތާއި ބަޔޯސެކިއުރިޓީއާ ގުޅުންހުރި މަތީ މިންގަނޑުތަކެއް ދެމެހެއްޓުމަށް އިންޑިއާއިން ކުރާ މަސައްކަތުގެ ހެއްކެއް،" އެނިމަލް ހަސްބެންޑްރީ، ޑެއިރީ އެންޑް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޕަރްޝޯތަމް ރުޕާލާ ވިދާޅުވި އެވެ. "ތިން ވަނައަށް އެންމެ ގިނައިން ޑިންގީ އުފައްދާ ގައުމު (129.60 ބިލިއަން) އަދި ދުނިޔޭގެ ފަސް ވަނައަށް އެންމެ ގިނައިން ކުކުޅު މަސް (4.47 މިލިއަން ޓަނު) އުފައްދާ ގައުމެއްގެ ހައިސިއްޔަތުން އިންޑިއާ އިން މި ކާމިޔާބީގެ ބޭނުން ހިފާނެ،" އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ޕްރޮޓޮކޯލްގެ ވަގުތު ހޭދަވާ ބާވަތުގެ ސަބަބުން ގަވައިދާ ހިލާފަށް ވެކްސިން ޖެހުމުގެ ބާޒާރަށް މަގު ފަހިވެގެން ދިޔަ އެވެ.

އެވިއަން އިންފްލުއެންޒާއިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ކުކުޅުގެ ސިނާއަތުން ޒަމާނުއްސުރެ ގޮވާލަމުން ދިޔައީ އެމީހުންގެ އެތައް މިލިއަން ދޫންޏެއް ރައްކާތެރިކުރުމަށެވެ. އިންޑިއާގައި ކުކުޅުގެ ސިނާއަތުގެ ބޮޑުމިނަކީ 851 މިލިއަން ދޫންޏަށް ވާއިރު، ދޫނި ރޯގާ ފެތުރުމުގެ ނުރައްކާ އެ މީހުންނަށް އެބައޮތެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!