ދުނިޔެ

ޕާކިސްތާނުގެ ޤައުމީ އެއަރލައިނުން ފައިސާ ނުދައްކައިގެން ފްލައިޓްތައް ނުފުރިފައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) އަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން އެ އެއާލައިންގެ އެތެރޭގެ އުދުހުންތަކަށް ބުރޫ އެރުމުގެ ސަބަބުން އެ އެއާލައިނަށް އޭވިއޭޝަން ޓާބައިން ތެޔޮ ސަޕްލައި ކުރުން މުޅިން ހުއްޓިފައި އޮތުމުން އަނެއްކާވެސް ނުތަނަވަސްކަން ވަނީ ކުރިމަތިވެފަ އެވެ.

Ads by Sosun Fihaara

ޕާކިސްތާން ސްޓޭޓް އޮއިލް (ޕީއެސްއޯ) އިން ގައުމީ އެއާލައިނަށް އޭވިއޭޝަން ފިއުލް ސަޕްލައި ކުރުން ހުއްޓާލީ މިދިޔަ އަންގާރަ ދުވަހު ކަމަށް ޑޮން ނޫހުން ބުނެފި އެވެ.

އޭގެ ސީދާ ނަތީޖާއެއްގެ ގޮތުން އެ އެއާލައިނުން އެތެރޭގެ 14 ފްލައިޓެއް ކެންސަލްކޮށްފައިވާއިރު، އިތުރު ހަތަރު ފްލައިޓެއް އެތައް ގަޑިއިރަކަށް ލަސްވެފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ.

ކެންސަލް ކުރި ފްލައިޓްތަކުގެ ތެރޭގައި އިސްލާމްއާބާދުން ގިލްގިޓަށް ދެ ފްލައިޓް، އިސްލާމްއާބާދުން ކުއެޓާއަށް އެކަކު، ކަރާޗީން ސުކުރަށް، އެއް ފްލައިޓް އިސްލާމްއާބާދުން މުލްތާނަށް އަދި ކަރާޗީން ފައިސަލްއާބާދަށް ކުރާ އަނެއް ފްލައިޓް ހިމެނެ އެވެ.

މީގެ އިތުރުން ކަރާޗީއިން ލާހޯރަށް ދަތުރުކުރި ޕީއައިއޭގެ ފްލައިޓް ޕީކޭ304 ވެސް ކަރާޗީ އެއާޕޯޓަށް ތެޔޮ ސަޕްލައި ކުރުން މެދުކަނޑާލުމުން ގާތްގަނޑަކަށް ތިން ގަޑިއިރަށް ލަސްވި އެވެ. ފްލައިޓް ފުރުމަށް ހަމަޖެހިފައި އޮތީ ރާއްޖެ ގަޑިން މެންދުރު ފަހު 2:00 ގައި ނަމަވެސް އެންމެ ފަހުން ފްލައިޓް ފުރުނީ ތިން ގަޑިއިރަށް ފަހު އެވެ.

ލާހޯރުން ކަރާޗީއަށް ދަތުރުކުރި ޕީއައިއޭގެ ފްލައިޓް ޕީކޭ305 ވެސް ވަނީ ލަސްވެގެން ލާހޯރަށް އައިސްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!