ދުނިޔެ

ޕާކިސްތާނުން އަފްޣާނިސްތާނުގެ 3،000 އަށް ވުރެ ގިނަ ރެފިއުޖީން އެއް ދުވަސް ތެރޭ ބޭރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ރަސްމީ ރޭޑިއޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕާކިސްތާނުން އަފްޣާނިސްތާނުގެ 3،248 ރެފިއުޖީން އެއް ދުވަހެއްގެ ތެރޭގައި އަފްޣާނިސްތާނަށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

Ads by WAMCO

ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބޭރުކުރުމުގެ ސުންގަޑި އިއުލާނުކުރި ފަހުން މިހާތަނަށް އަފްޣާނިސްތާނުގެ 51،000 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓްކޮށްފަ އެވެ.

ބަލޫޗިސްތާން ޕްރޮވިންސްގެ އިންފޮމޭޝަން މިނިސްޓަރު ޖަން އަޗަކްޒާއީ ވަނީ ގަވައިދާ ހިލާފަށް ހިޖުރަކުރުން ހުއްޓުވުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަފްޣާނިސްތާނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޚަބަރު ތައް ފޯރުކޮށްދޭ ޚާމާ ޕްރެސްއިން ބުނީ، އަފްޣާނިސްތާނުގެ ރެފިއުޖީންނަށްވުރެ ވެސް މި ފިޔަވަޅުތައް ފުޅާވެގެންދާކަމަށާއި، ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހަކީ އެ ޕްރޮވިންސްގައި ގަވާއިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ބޭރުކުރުމުގެ ސުންގަޑިއަށް ފެތޭ މުއްދަތެއް ކަމަށާއި، އަފްޣާނިސްތާނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޚަބަރު ތައް ފޯރުކޮށްދޭ ޚާމާ ޕްރެސްއިން ބުނެއެވެ.

މީގެ އިތުރުން ބަލޫޗިސްތާނުގެ އެކި ކަންކޮޅުތަކުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ އެކަމަށް ހައްލު ހޯދުމުގެ މަސައްކަތް ވެސް ހާއްސަ ބްރާންޗަކާ ހަވާލުކޮށްފައިވާ ކަމަށް އެކްސްޕްރެސް ޓްރިބިއުނާ ހަވާލާދީ ޚާމާ ޕްރެސް އިން ބުންޏެވެ.

ޕާކިސްތާނުގެ އިންތިގާލީ ސަރުކާރުގެ ދާޚިލީ ވަޒީރު ޝަހްބާޒް ބަޓީ މީގެ ކުރިން ވަނީ އެ މުއްދަތު ހަމަވުމުން ލިޔެކިޔުން ނެތް އަފްޣާނިސްތާނުގެ ހިޖުރަވެރިން ބޭރުކުރަން ނިންމި ނިންމުމާ މެދު އެ ގައުމުން އެއްވެސް އުނިކަމެއް ނާންނާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!