ދުނިޔެ

ޕާކިސްތާނުގައި ކުޑަކުދިންގެ ކައިވެނި ގިނަވާތީ ފާޑު ކިޔަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ބާރުގެ ދަށުގައި ވާ ކަޝްމީރާއި ގިލްގިޓް-ބަލްޓިސްތާން ސަރަހައްދުގައި އަންހެނުންނަށް ގާނޫނުތަކާއި ގާނޫނު އަސާސީން ރައްކާތެރިކަން ނުލިބޭ ތީ، ހާއްސަކޮށް ކުޑަކުދިންގެ ކައިވެނީގެ ކަންކަން ކުރިއަށް ދާތީ ނޭޝަނަލް ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން (އެންސީއެސްޑަބްލިއު) ގެ ވެރިޔާ ހިމެނޭ ގޮތަށް މަދަނީ ޖަމިއްޔާތަކުގެ މަންދޫބުން ކަންބޮޑުވުން ފާޅުކުރި ކަމަށް ޑޯން ނޫހުން ބުންޏެވެ.

Ads by Sosun Fihaara

ގިލްގިޓް-ބަލްޓިސްތާންގެ އަންހެނުން ބާރުވެރި ކުރުވުމަށް އެމީހުން ބޭނުންވީ އަވަސް ގާނޫނެކެވެ. އެންސީއެސްޑަބްލިއުއިން ދާދި ފަހުން ވަނީ ކުޑަކުދިންގެ ކައިވެންޏާ ބެހޭ ގޮތުން ދެ ދުވަހުގެ މުއްދަތަށް ނެޝަނަލް ކޮންސަލްޓޭޝަން އެއް ބާއްވައި، ދެވަނަ ބުރު ހުކުރު ދުވަހު ގިލްގިޓްގައި ކުރިއަށް ގެންގޮސް، ޕާޓްނަރުން ކަމަށްވާ ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އާއި ޔުނިސެފް އަދި ޔޫއެން-ވިމެންގެ އެހީތެރިކަމާއެކު ކުރިއަށް ގެންގޮސްފަ އެވެ.

"ޑޯން" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖީބީ މިނިސްޓަރު އޮފް ވިމެންސް ޑިވެލޮޕްމަންޓް އަލްފާޟިލާ ދިލްޝާދު ބާނޯ އާއި ޖީބީ އެސެމްބްލީގެ ރައީސް ނަޒީރު އަހުމަދު އެޑްވޮކޭޓާއި ޖީބީ ސެކްރެޓަރީ އޮފް ސޯޝަލް ވެލްފެއާ ޑިވެލޮޕްމަންޓް ފިދާ ހުސައިންގެ އިތުރުން ތަޖުރިބާކާރުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ފެޑެރަލް އަދި ޖީބީ ޑިޕާޓްމަންޓްތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވި އެވެ.

ވާހަކަ ދެއްކެވި ބޭފުޅުން ވަނީ އެ ސަރަހައްދުގައި އަންހެނުން ނަށް ރައްކާތެރިކަން ދޭ ގަވާއިދުތައް ނެތުމާއި ހާއްސަކޮށް ކުޑަކުދިން އަވަހަށް ކައިވެނި ކުރުން ފަދަ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ޖީބީ އެސެމްބްލީގެ ރައީސް ނަޒީރު އަހުމަދު އެޑްވޮކޭޓް ވިދާޅުވީ ކުޑަކުދިންނާ ކައިވެނި ކުރުން މަނާކުރުމުގެ ގާނޫނެއް ޖީބީ އެސެމްބްލީގައި ތައާރަފް ކުރަން ނިންމާފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!